Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ރޯގާ

ރޯގާ އިން ރައްކާތެރިވުން، ފަރުދީ ޒިންމާ!

ރާއްޖޭގައި މިދުވަސް ވަރު ދަނީ ހަލުއިކަމާ އެކު ރޯގާ ފެތުރެމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 18 މާރިޗު 2017 | ހޮނިހިރު 14:06
ފްލޫ ކްލިނިކްގައި ގާއިމްކޮށްފައިވާ ފާމަސީ

ފްލޫ ކްލިނިކްގައި ގާއިމްކޮށްފައިވާ ފާމަސީ

މިދުވަސް ވަރު ރާއްޖޭގައި ދަނީ އާއްމުކޮށް ފެތުރޭ މިންވަރަށް ވުރެ އިތުރަށް އަރިދަފުސްރޯގާ އާއި ވައިރަލް ހުންތައް ފެތުރެމުންނެވެ. މިއީ ހަމަ ގައިމުވެސް ރައްޔިތުން ކޮންމެހެން ސަމާލުވާން ޖެހޭ ކަމަކަށްވާ އިރު މިފަދަ ރޯގާތައް ފަސޭހަ ކަމާ އެކު ފެތުރުމަށް މަގުފަހިވާ ސަބަބުތަކަށް ބަލާލަން ޖެހެއެވެ.

ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަރިދަފުސް ރޯގާ އާއި ނޭވާލާ ނިޒާމުގެ ތެރެއިން ޖެހޭ ތަފާތު އެހެނިހެން ރޯގާތައް ފިނި މޫސުމާ ދިމާކޮށް އިތުރުވެގެންދެ އެވެ. މިއީ އާއްމުކޮށް އުޅޭ ބަލިތަކެއް ނަމަވެސް މިރޯގާ ހޫނު މޫސުމަށް ވުރެ ފިނި މޫސުމުގައި އިތުރެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ ތިން އަހަރު ވެސް މިދުވަސް ވަރަކީ ރާއްޖޭގައި ރޯގާ ގިނަ ދުވަސް ވަރެކެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރަށް ވުރެ ވެސް މިއަހަރު ބަލިޖެހޭ މީހުން ނުވަތަ ބަލިޖެހިފައިވާ ކަން ރިޕޯޓް ކުރާ މީހުން ވަނީ ގިނަވެފަ އެވެ.

އިންފްލުއެންޒާ އެޗްވަންއެންވަން 2009 ވަނަ އަހަރުން ފެށިގެން ފެތުރެން ފަށާފައިވާ އިރު، މި ބަލި އޭގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މޫސުމީ ބައްޔެއްގެ ގޮތުގައި އުޅެ އެވެ. މި ބަލި އުޅޭކަން ރާއްޖޭގައި ދެނެގަނެވިފައި ވަނީ 2015 ވަނަ އަހަރު އެވެ. އޭރު ބަލި ހުރިކަން ދެނެގަނެފައި ވަނީ އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި އެ ބަލި ރާއްޖޭގައި އުޅޭތޯ ނުވަތަ ނޫޅޭތޯ ބެލުމަށެވެ. މީގެ ކުރިން މި ބަލި ހުރިކަން ދެނެގަތުމަށް ރާއްޖޭގައި ޓެސްޓެއް ހެދިފައެއް ވެސް ނުވެ އެވެ. އެހެން ކަމުން ރާއްޖޭގައި މިބަލި ފެތުރެންފެށީ ސީދާ 2015 ވަނަ އަހަރުއޭ ބުނެވޭކަށް ނެތެވެ.

މިހާރު މިފެތުރޭ ރޯގާތަކުގެ ތެރެއިން އެޗްވަންއެންވަން ވައިރަސް ޖެހިފައިވާ، މީހުން ނިސްބަތުން މަދު ނަމަވެސް، އެހެން ރޯގާތަށް ވެސް ރާއްޖޭގައި ދަނީ ފެތުރެމުންނެވެ. އަދި އެބަލިތަކާ ގުޅިގެން ހާލުދެރަވެ، އެޑްމިޓްކޮށްފައިވާ މީހުން ތިބިކަން އެޗްޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ. މިފަދަ ރޯގާތަކުގައި ބޮޑު ވަރުވަނީ، ފުއްޕާމޭގެ އިންފެކްޝަން ޖެހި މީހާއަށް ނޭވާލުމަށް އުނދަގޫވާ ލެވެލްއަށް ކަންތައް ދިއުމުންނެވެ.

ފިނި މޫސުމާ ދިމާކޮށް ފެތުރޭ މި ރޯގާތައް ފެތުރުމުގެ ސަބަބުތަކުގެ ތެރޭގައި ފިނި މޫސުމުގައި އިރުގެ އަލި މަދުވެ އިންސާނުންގެ ހަށިގަނޑުން ވިޓަމިން ޑީ މަދުވުމަށް މަގުފަހިވުން ހިމެނެއެވެ. މިކަމުގެ ސަބަބުން އިންސާނުންގެ ދިފާނީ ނިޒާމްގެ ބާރު ކުޑަ ކޮށްލައެވެ.

އިންފްލުއެންޒާ ފަދަ ބަލިތައް ކޮންމެ އަހަރަކު ގާތްގަނޑަކަށް ފަސް މިލިއަން މީހުންނަށް ޖެހޭ އިރު ދެ ލައްކަ ފަންސާސް ހާސް މީހުން މިބަލީގައި މަރުވެއެވެ. މިގޮތަށް މެދުވެރިވުމަށް ދިމާވާ ސަބަބަކީ އިންފްލުއެންޒާ ފަތުރާ ވައިރަހަކީ ވަރަށް ފަސޭހަ އިން ބަދަލުވާ ވައިރަސްއަކަށް ވުމާ އެކު އެ ވައިރަސް އަށް ހަށިގަނޑު ހޭނުމަށް ފުރުސަތު ނުލިބުމެވެ. އެގޮތުން މި އަހަރު ޖެހޭ އިންފްލުއެންޒާގެ ވައިރަސް، އަންނަ އަހަރު ޖެހޭ އިންފްލުއެންޒާގެ ވައިރަސްއާ ތަފާތު ވެދާނެ އެވެ. އަދި އެ ވައިރަހަށް ހަށިގަނޑުގެ ނުހޭނި ދާނެ އެވެ. މިކަމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށި ކޮށްލާ، ބަލިން މީހާ އަށް އަސަރު ކުރާ މިންވަރު އިތުރުވެ އެވެ. މި ސަބަބާ ހެދި މި ބައްޔަށް ވެކްސިން ތައްޔާރުކުރުމަށް ވެސް އޮންނަނީ އުދަގޫތަކާ ކުރިމަތިވެފަ އެވެ. އަދި ވައިރަހަށް އަންނަ ބަދަލުތަކަށް ބަލާ ކޮންމެ ފަހަރަކު އެ ވައިރަހަކާ ގުޅޭ ގޮތަށް ވެކްސިން ބަދަލު ކުރަންޖެހެ އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އިންފްލުއެންޒާގެ ވެކްސިން ޖެހުމުން ބަލިން ރައްކާތެރިވެވޭނީ ގާތްގަނޑަކަށް 60 ޕަސެންޓް ކަމަށާއި މި ވެކްސިންގެ ފުރިހަމަ އިމިއުނިޓީ، ނުވަތަ ބަލިން ރައްކާތެރިވެވޭނީ ވެކްސިން ޖަހާތާ މަދުވެގެން ދެ ހަފްތާގެ ތެރޭގަ އެވެ.

ބަލިން ރައްކާތެރިވުމަށް ވެކްސިންގެ އިތުރުން އަމިއްލަ ހަށިގަނޑުގެ ސާފުތާހިރު ކަމަށް ސަމާލުވާންޖެހޭ އިރު ކޮންމެ ރައްޔިތަކު ވެސް މިފަދަ ބަލިތަކުން ސަލާމަތްވުމަށް ފަރުދީ ޒިންމާ ނަގަންޖެހެއެވެ. ބަލިން ރައްކާތެރިވުމަށްޓަކައި މިފަދަ މޫސުމީ ރޯގާތަކަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދޭން އެބަ ޖެހެއެވެ. ކުރިއަށް މި ފެށޭ މެއި މަހާއި އޭޕްރީލް މަހަކީ އާއްމުކޮށް ރާއްޖޭގައި ޑެންގީ ހުން ގިނަވާ ދުވަސްވަރެއް ކަމުން އެކަމަށް ވެސް މިހާރުން ފެށިގެން ރައްކާތެރިވާންޖެހެއެވެ. އެގޮތުން ގޭގޭގައި ފެންހަރުލާ ޒާތުގެ ތަކެތި ނުބެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ. އަދި މިހާރު ފެތުރެމުންދާ، ރޯގާތަކާ ގުޅިގެން މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ކުޑަކުދިން ގޮވައިގެން ނުދިއުމާއި، ހުން އައިސް ތިން ދުވަސް ވެއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމާއި، ހުން އައުމުން ގިނައިން ދިޔާ އެއްޗެހި ބުއިމަކީ ވެސް ކޮންމެ ރައްޔިތަކަށް ވެސް ކުރެވިދާނެ ކަންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ

ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ

04 އޮކްޓޯބަރު 2018
ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

23 އޯގަސްޓު 2018
މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

29 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު