Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

ގާތްގަނޑަކަށް 87000 މީހުން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2017 | އަންގާރަ 14:16
ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަކުރަނީ

ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަކުރަނީ

ރޮހިންޖާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ކެތް ނުވެގެން އެތަށް ހާސް ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް ބޯޑަރ ހުރަސްކޮށް އެގައުމަށް ވަންނަމުންދާ އިރު ރޮހިންޖާ މުސްލިމުންނަށް ފަރުުވާދިނުމަށް ބަންގްލަދޭޝްގެެ ހޮސްޕިޓްތަކަށް ނުކަތާ މިންވަރަށް މީހުން ދަނީ ގެންދަމުންނެވެ.

ރޮހިންޖާ މުސްލިމުންގެ ތެރެއިން ބަންގްލަދޭޝް ބޯޑަރ ހުރަސްކޮށް އަންނަ މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ތަންތަން ބިނދިފައިވެއެވެ. ބައެއް މީހުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ހަށިގަނޑު ޒަހަމްވެފައިވެއެވެ. އަދި ހޮސްޕިޓަލުގައި ތަކުގައި މީހުން ގިނަވުމުން އެކަށީގެންވާ ގޮތުގައި ފަރުވާ ދިނުމަށް ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.

ގާތްގަނޑަކަށް ބަންގްލަދޭޝްއަށް މިހާރު ވެސް 87000 ރޮހިންޖާ މުސްލިމުން ވަދެފައިވާ އިރު އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ދަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ތަފާތު އެކި ކަހަލަ އަނިޔާތައް ކުރިމަތިވަމުންނެވެ.

ބަންގްލަދޭޝްގައި މިހާރު ވެސް ތިން ރެފިއުޖީ ކޭމްޕް ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ގާއިމް ކުރެވިފަ އެވެ.

ބަންގްލަދޭޝްއަށް އަންނަ ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ ގެ ރެފިއުޖީ އޭޖެންސީން ބުނީ، އެންމެ ބޮޑު ކަަމަކަށް ބޭނުންވަނީ ވަގުތީ ހިޔާތައް އަޅާނެ ބިން ކަމަށެވެ. ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ ރެފިއުޖީ އޭޖެންސީން މަސައްކަތް ކުރަމުންދާ އިރު ބަންގްލަދޭޝްގެ ބޯޑަރ ހުރަސްކޮށް އަންނަ ގިނަ ފަރާތްތަކަށް ތަފާތު އެކި ކަހަލަ ނޭވާލާނިޒާމުގެ ބަލިތަކާއި އިންފެކްޝަންގެ އިތުރަށް މަލްނިއުޓްރިޝަން ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި އޭގެތެެރެއިން ގިނައީ ވަރުބަލިވެ، ބިރުވެރިކަމާ ކުރިމަތިލާންޖެހިފައިވާ ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ މީހުންނެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އަދ ގެ ރެފިއުޖީ އޭޖެންސީން ބުނެ އެވެ.

މިޔަންމާގެ ސިފައިން އެއްވެސް ކަމަކާ ނުލާ ރޮހިންޖާ މުސްލިމުންގެ ގަޔަށް ބަނޑިޖަހަމުންދާ ކަމަށް މިހާރު ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ މީހަކު ކިޔާދިނެވެ. ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއްނެތި ދަނީ ތަފާތު އަނިޔާތައް އެމީހުންނަށް ކުރަމުންނެވެ.

" އަހަރެން ދުށިން މައިނެއް ގޮއްވާލުމުގެ ސަަބަބުން އަންހެނެއްގެ ފައި އެއްކޮށް ހަލާކުވެެގެންދިޔަ މަންޒަރު .އަދި އަތުގެބޮޑު ބައަކުން ހުއްޓުމެއް ނެތި ލޭ ފައިބަމުންދިޔަ އިރު އޭނާގެ އާއިލާގެ މީހުން، ރޮއި ހޭރެމުން ރިކްޝޯ އަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރިތަން." ބަންގްދަލޭޝްގެ ރެފިއުޖީން ކޭމްޕްއަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ރޮހިންޖާ މުސްލިމެއް އަސަރާއެކު ކިޔާދިނެވެ.

ބަންގްލަދޭޝްއަށް އައިސްފައިވާ ރޮހިންޖާ ދަރިކޮޅުގެ އާއިލާއަކުން އެސޯސިއޭޓެޑް ޕްރެސްއަށް ކިޔާދިންގޮތުގައި ލޭންޑް މައިނެއް ގޮއްވާލުމުގެ ސަބަބުން، އެއާއިލާގެ ދުވަސްވީ މީހެއްގެ ކަނާތު ފައި އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ.

" އަހަރެމެންނަށް މިފެންނަ މަންޒަރަކީ ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތަކުގެ ވަރަށް ކުޑަ މިންވަރެއް." ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޑޮކްޓަރެއް ކިޔާދިނެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު ތަފާތު ކުރުންތައް ކުރިމަތި ކުރަމުންދާތާ އެތަށް އަހަރެއްވެފައިވާ އިރު 2012 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ އެކު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންވަނީ ބަންގްލަދޭޝައަށް ހިޖުރަ ކޮށްފަ އެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

04 މެއި 2022
ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ހިތްވަރުގަދަ ފިރިހެނެއް!

ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ހިތްވަރުގަދަ ފިރިހެނެއް!

22 ޖުލައި 2021
ސްޕެއިނުގެ ތަރިޔަކީ ޑްރައިވިން ލައިސަންސް ވެސް އަދި ނުލިބޭ ކުޑަކުއްޖެއް

ސްޕެއިނުގެ ތަރިޔަކީ ޑްރައިވިން ލައިސަންސް ވެސް އަދި ނުލިބޭ ކުޑަކުއްޖެއް

06 ޖުލައި 2021
ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

10 މެއި 2021
އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

19 އެޕްރީލު 2021

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު