Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަތީ ތަޢުލީމު

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

އެމެރިކާގައި 67449 މީހުން ޕީއެޗްޑީ ހާސިލްކޮށްފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 ޖޫން 2017 | އަންގާރަ 18:46
މަތީ ތައުލީމު ހާސިލް ކުރާ މިންވަރު ވަނީ އިތުރުވެފަ

މަތީ ތައުލީމު ހާސިލް ކުރާ މިންވަރު ވަނީ އިތުރުވެފަ

ތަޢުލީމަކީ އިޤުތިޞާދުގެ ކުރިއެރުމަށް އެންމެ މުހިއްމު ތަޅުދަނޑިއެވެ.

މަތީ ތަޢުލީމަކީ، ތަފާތު އެކި ކަހަލަ އާ ހޯދުންތަކާއި އީޖާދުތައް ހޯދުމަށް އެންމެ މުހިއްމު މަގެވެ. މިސާލަމަށް އެމް.ޕީ.ތްރީ ނުވަތަ ޖީ.ޕީ.އެސް ފަދަ ޓެކްނޮލޮޖީތަކަކީ ޕީއެޗްޑީ ދިރާސާތަކުން ދުނިޔެއަށް ތަޢާރުފުވި އީޖާދުތަކަށްވާއިރު އެ ދިރާސާތައް ހެދިފައި ނެތް ނަމަ، އެ ތަކެތިވެސް މިއަދާ ހަމައަށް ހޯދިފައިނުވީހެވެ.

ދުނިޔޭގެ ގައުމުތަކުން މަތީ ތަޢުލީމުގެ ނިޒާމަށް އިންވެސްޓްކުރާވަރު އިތުރު ކުރަނީވެސް މިފަދަ ބޭނުންތަކަށްޓަކައެވެ. މިއަދުގެ ޖީލުގަައި މަތީ ތަޢުލީމުގެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ޑޮކްޓޯރަލް ޑިގްރީއާ ހަމައަށް ކިޔަވާ މިންވަރުވެސް އަންނަނީ އިތުުރުވަމުންނެވެ.

މަތީ ތަޢުލީމުގެ ދައިރާއަކީވެސް ގައުމުތަކުގައި ވާދަވެރި ދައިރާއަކަށްވާއިރު އެންމެ ގިނައިން ޕީއެޗްޑީ ހާސިލްކުރާ ފަރާތްތައް އުޅޭ ގައުމުތަކަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ.

އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވަލޮޕްމެންޓް ( އޯއީސީޑީ) އިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން، އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބީ އެމެރިކާގައެވެ. އެގޮތުން އެމެރިކާގައި 2014 ވަނަ އަހަރުގެ ނިޔަލަށް 67 ހާސް މީހުން ޕީއެޗްޑީ ހާސިލްކޮށްފައިވާ އިރު ދެވަނައަށް އެންމެ ގިނަ ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން ތިބި ގައުމު ކަމުގައިވާ ޖަރުމަނުވިލާތުގައި ތިބީ 28 ހާސް ޕީއެޗްޑީ ހޯލްޑަރުންނެެވެ. މިއީ އެމެރިކާއާ އަޅައިބަލާ އިރު ދެ ގުނަ ދަށް އަދަދެކެެވެ.

އިނގިރޭސިވިލާތުގައި 25 ހާސް މީހުން ޕީއެޗްޑީ ހާސިލްކޮށްފައިވާއިރު އިންޑިޔާގައި 24 ހާސް މީހުން ވަނީ ޕީއެޗްޑީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ޖަޕާނު، ޕްރާންސް، ދެކުނު ކޮރެއާގެ އިތުރުން އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި ކެނެޑާވެސް ހިމެނެއެވެ.

އަހަރަކަށް ވުރެ އަހަރަކު ޕީއެޗްޑީ ހާސިލް ކުރާ މީހުން ގައުމުތަކުގައި ގިނަވަމުންދާއިރު އިންޑިއާފަދަ ގައުމުތަކުން އަންނަނީ ތަޢުލީމީ ދާއިރާގައި ބޮޑު ކުރިއެރުންތަކެއް ހާސިލްކުރަމުންނެވެ. މި ދިރާސާއިން ދައްކާގޮތުން، ގައުމުތަކުގައި މަތީ ތައުލީމު ހާސިލް ކުރާ މީހުން އެންމެ ބޮޑަށް އިތުރުވެގެންދަނީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގައެވެ.

އެކި ދައިރާތަކުން ޕީއެޗްޑީ ހާސިލް ކުރާ އިރު، 40 ޕަސެންޓް މީހުން ޕީއެޗްޑީ ހާސިލްކޮށްފައިވަނީ ޓެކްނޮލޮޖީ އާއި އިންޖިނިއަރިންގ އާއި ހިސާބު އިލްމުންނެވެ. އަދި 58 ޕަސެންޓް މީހުން ޕީއެޗްޑީ ހާސިލް ކޮށްފައިވަނީ ސިއްހީ ދައިރާއިންނެވެ.

މި ރިޕޯޓުން ދައްކާގޮތުން، ޕްރާންސް، ކެނެޑާ އަދި ޗައިނާގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ސައިންސް އާއި އިންޖިނިއަރިންގގެ ދާއިރާއިންނެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީގެ ދައިރާ އާއި ބައިނަލްއަގްވާމީ އެކި ދައިރާތަކުން، މަތީ ތައުލީމު ހާސިލް ކުރާ މިންވަރު އިތުރުކަން މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައިވެސް މަތީ ތައުލީމަށް އޮތް ފުރުސަތުތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ އިރު، ޕީއެޗްޑީ ލެވެލްއަށް ކިޔަވާ ފަރާތްތައްވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު