Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު ލަޔަރ އީދު ކުޅިވަރު

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ދިހަ މީހުންގެ ޓީމުތަކަށް ބައިވެރިވެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 ޖޫން 2017 | އަންގާރަ 18:27
 ލަޔަރ އީދު ކުޅިވަރު

ލަޔަރ އީދު ކުޅިވަރު

ކުދި ބޮޑު އެންމެން އީދު ފާހަގަކުރުމަށް ތަފާތު ގިނަ ކުޅިވަރުގެ ހަރާކަތްތަކުގައި ބައިވެރިވެ އީދުގެ މަޖާ ނަގައެވެ.

އީދު ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު އީދުގެ ފޯރި ނެގުމަށްޓަކައި ރަށްރަށަށް ގޮސްއުޅެއެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުން އަތޮޅު ތެރޭގެ ރަށްރަށަށް ގޮސް އީދު ފާހަގަކުރެއެވެ.

ނަމަވެސް މިފަހަރު މިއޮތީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އީދު ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ހުޅުމާލޭގައި ހުންނަ ކެފޭ ލަޔަރއިން އިސްނަގައިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންނަށް އީދު ކުޅިވަރުގައި ބައިވެރިވުމަށް ތަފާތު ހަރަކާތެއް މިވަނީ ރާވާފައެވެ.

ހާއްސަކޮށް އީދު ފާހަގަކުރުމަށް އެންމެ ކުރީ ޒަމާނުގައިވެސް ކޮށް އުޅޭ އެއް ކަންތައް ކަމަށްވާ ފެން ޖެހުމުގެ ސަގާފަތް ދިރުވައި އާލާ ކުރުމުގެ ގޮތުން "ލަޔަރ އީދު ކުޅިވަރު"ގެ ނަމުގައި އީދު ދުވަހު ކުޅިވަރު މުބާރާތެއް ކުރިއަށްގެންދިއުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މިއީ ވަރަށް ތަފާތުކޮށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މުބާރާތެކެވެ. އީދު ނަމާދަށްފަހު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ރާވަމުންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

އަންހެން، ފިރިހެން އަދި މިކްސް ގެ އިތުރުން އާއިލާތަކަށްވެސް ދިހަ މީހުންގެ ޓީމެއް ހަދައިގެން މި މުބާރާތުގައި ބައިވެރިވޭއިރު، ކޮންމެ ޓީމަކުންވެސް މުބާރާތުގައި ބައިވެރިވެވޭނީ އެއްހާސް ރުފިޔާގެ ފީއެއް ދައްކައިގެންނެއެވެ. ނޮކްއައުޓް އުސޫލަށް ކުރިއަށްދާ މިމުބާރާތުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ބައިބަލާގައި ޕޮއިންޓްދޭ އުސޫލާއި އެއް ގޮތަށެވެ.

މި މުބާރާތުގައި ވަރަށް ތަފާތު ކަމެއްވެސް ހިމެނެއެވެ. މުބާރާތުގައި ކުޅޭ ކުޅިވަރަކީ ކުރީ ޒަމާނުގައި ކުޅެ އުޅުނު "ފައިގަތަޅާ" އާއި މިޒަމާނުގައި ކުޅެ އުޅޭ ބައިބަލާއާއި އެއްގޮތް ކަންތައްތަކެއް ހިމެނޭގޮތަށް މޮޑިފައިކޮށްފައިވާ ކުޅިވަރެއްކަމަށް މިއިވެންޓް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

އަދިވެސް ތަފާތު ކަމެއް ފާހަގަކުރެވުނެއެވެ. ބައިބަލާ ގޮތަށް ކުރިއަށްދާ މިމުބާރާތުގައި ބޭނުންކުރާނީ މުޅިންވެސް "ކުލަ" ކޮތަޅެވެ.

އެހެންކަމުން މިއީ އީދުގައި އާއިލާތަކާއި ރައްޓެހިންނާއި ކުންފުނިތަކާގެ މުވައްޒަފުންނަށްވެސް "ބޮޑު މަޖާގަނޑެއް" ނަގާލެވޭނެ މުބާރާތެކެވެ.

މުބާރާތުން އެއްވަނައަށްދާ ޓީމަށް 10،000 ރުފިޔާ ދޭން ނިންމާފައިވާއިރު ދެވަނައަށްދާ ޓީމަށް 5،000 ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.

މިފަދަ މުބާރާތެއް މިދިޔަ އަހަރުވެސް ކާމިޔާބު ކަމާއި އެކު ލަޔަރއިން އިސްނަގައިގެން ބާއްވާފައިވާއިރު މިއަހަރު ބާއްވާ އީދު ކުޅިވަރު މުބާރާތުގައި މިހާތަނަށް 15 ޓީމެއް ވަނީ ބައިވެރިފައެވެ. މިއީވެސް މިކަމުގައި ފޯރި އޮތް މިންވަރު ދައްކުވައިދޭ އެއް ކަމެވެ.

މިމުބާރާތް ކުރިއަށްދާނީ ލަޔަރ ކެފޭ ސަރަހައްދުގައި ބީޗްގައި ކަމަށްވާއިރު، މިމުބާރާތުގެ އިތުރުންވެސް އީދުގައި ތަފާތު ގިނަ ކުޅިވަރުތައް މިސަރަހައްދުގައި ކުރިއަށްދާނެއެވެ. މިއީ އީދު ފާހަގަ ކުރުމަށް ކުދި ބޮޑު އެންމެނަށްވެސް ލިބޭ ވަރަށް ފުރިހަމަ ފުރުޞަތެކެވެ.

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2017

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
26 އޯގަސްޓު 2017

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު
19 އޯގަސްޓު 2017

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ
13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
26 ޖޫން 2017

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު