Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިއާ އާއި ދަ ގްރާންޑޭގެ މެޗު

ވެލެންސިއާއަށް ދެވަނައިގައިވެސް ހަމަޖެހިލެވެން ނެތް: އާތީ

ވެލެންސިއާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 22:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އެޕްރީލު 2021 | އާދީއްތަ 09:48
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަޤާމުގައިވެސް ހަމަޖެހިލެވެން ކުލަބު ވެލެންސިއާއަށް ނެތް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ޓީސީ ސްޕޯޓްސް ކުލަބު 3-1 ގެ ނަތީޖާއަކުން ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން މާޒިޔާއަށް ކުޅުނު 12 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ވެލެންސިއާއަށް 11 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އެހެންކަމުން އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށްގެން، ވެލެންސިއާއަށް މާޒިޔާއާ ދެމެދު އޮތް ފަރަގު އަލުން ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

ދަ ގްރާންޑޭ މެޗުގެ ކުރިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ ތާވަލުގެ ދެވަނައިގައި ވެލެންސިއާ އޮތްއިރު، ނޭވާލައިގެން މަޑުޖައްސައިލެވެން އެ ޓީމަށް ނެތް ކަމަށެވެ. އެގޮތުން ތާވަލުގެ ދެވަނަ މަޤާމު ދިފާޢުކުރަން ބޭނުންވާނަމަ، މަދުވެގެން ކުރިއަށް އޮތް ހަތަރު މެޗުން މޮޅުވަން ޖެހޭ ކަމަށްވެސް ބުންޏެވެ. އާތީ އިތުރަށް ބުނީ ވެލެންސިއާގެ އަމާޒަކީ މާޒިޔާ ފަހަތަށް ޖައްސާލުމަށްފަހު ލީގުގެ ވީހާވެސް ކުރިއަށް ދިޔުން ކަމަށެވެ. އެކަމަކު މިހާރު އޮތް ގޮތުން މާޒިޔާ އޮތީ ތާވަލުގެ ތަންކޮޅެއް ކުރީގައި ކަމަށާއި، އެހެންކަމުން ވެލެންސިއާއިން މަސައްކަތްކުރާނީ އެއްވެސް މެޗަކުން ބަލިނުވެ ކުރިއަށް ދިޔުމަށް ކަމަށްވެސް އާތީ ބުންޏެވެ.

މި މެޗާ ކުރިމަތިލާއިރު ދެ ކާޑު ހަމަވުމުގެ ސަބަބުން ވެލެންސިއާގެ ތަޖުރިބާކާރު ޑިފެންޑަރު އަކުރަމް އަބްދުލް ޣަނީ (އަކޫ) ވަނީ ސަސްޕެންޑްވެފައެވެ. އާތީ ބުނީ މި މެޗުގައި އަކޫއަށް ނުކުޅެވޭނެ ކަމަށާއި، އެހެންކަމުން އެތަނަށް އެހެން ކުޅުންތެރިއަކު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ލީގެއް ކުޅެން ޓީމެއް ތައްޔާރުކުރާއިރު، ހަމައެކަނި 11 ކުޅުންތެރިން ލައިގެން އެކަން ނުކުރެވޭނެ ކަމަށާއި، އެ ގޮތުން ބޮޑު ސްކޮޑަކާއެކު ލީގަށް ކުރިމަތިލާން ޖެހެނީ އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަވެސް އަންނާނެކަން އެނގިކެން ކަމަށްވެސް އާތީ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ދަ ގްރާންޑޭ ނުކުންނައިރު، ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ދަ ގްރާންޑޭއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ވެލެންސިއާ މެޗުގެ ކުރިން ދަ ގްރާންދޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭގެ ފަރާތުން ފެނުނު ކުޅުން ފަހަކަށް އައިސް އެ ޓީމަށް ތަކުރާރު ކުރެވިފައިނުވާއިރު، ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ދަ ގްރާންޑޭ އިތުރަށް ފަހަތަށް ނުވެއްޓޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި ޓީމުގެ ހާލަތު އޮތްގޮތުން ނަތީޖާތަކަށް އަސަރުކުރުމުން، އެކަމާ ކަންބޮޑުވާ ކަމަށާއި، ނަމަވެސް ވެލެންސިއާ މެޗަކީ މިކަމުން އަަރައިގަންނަން ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށްވެސް އިންމަ ބުންޏެވެ.

އިންމަ ބުނީ ދަ ގްރާންޑޭގެ ކުޅުން ދަށްވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ޓީމުގެ ފަރިތަކުރުންތައް އެންމެ ރަނގަޅަށް ނުދިއުން ކަމަށެވެ. އެގޮތުން މި ފަހަރު ލީގުގައި ދަ ގްރާންޑޭގައި މޮޅު ކުޅުމެއް ދައްކަމުން އައި ހުނަރުވެރި ފޯވާޑް އަޔާޒް އަޙްމަދު (އަޔާ) ފަރިތަކުރުންތަކުގައި ބައިވެރިނުވާ ކަމަށްވެސް އިންމަ ބުންޏެވެ. ނަމަވެސް ޓީމުގެ ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ދުވަހެއް ދުވަހަކަށް އެކަންތައްތަކަށްވެސް ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

ލީގުގައި ވެލެންސިއާއާ ދެކޮޅަށް ދަ ގްރާންޑޭ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި 12 މެޗުން 16 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާއި ދަ ގްރާންޑޭ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ދަ ގްރާންޑޭ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 22:00 ގައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު