Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެން ވެންގާ

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

ދިގު މުއްދަތަކަށް ސަންޗޭޒް އާސެނަލްގައި ބަހައްޓަން ބޭނުން

ލީވާން އަލީ
ލީވާން އަލީ | 26 އެޕްރީލު 2017 | ބުދަ 18:59
އެލެކްސަސް ސަންޗޭޒް (ކ) އާއި އާސެން ވެންގާ (ވ)

އެލެކްސަސް ސަންޗޭޒް (ކ) އާއި އާސެން ވެންގާ (ވ)

އަސެނަލްއަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް ވާދަވެރި ކްލަބަކަށް ވިއްކަން ޖެހޭ ސަބަބެއް ނެތް ކަމަށް އެޓީމުގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ސަންޗޭޒް ފަދަ ކުޅުންތެރިޔަކު ޕްރިމިއާ ލީގުގެ ވާދަވެރި ކްލަބަކަށް ވިއްކަން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ދިގު މުއްދަތަކަށް އަދި ސަންޗޭޒް ބަހައްޓަން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ވެންގާ ބުނީ ރޮބިން ވެންޕާސީ އާސެނަލްގައި ހުރި އިރުވެސް އޭނާ ވިއްކާލަން ނިންމީ އުމުރުން 29 އަހަރުވީމަ ކަމަށާއި، އެގޮތުން އެ ހާލަތާއި ސަންޗޭޒްގެ ހާލަތު ވަރަށް ތަފާތުކަމަށެވެ.

މީގެއިތުރުން ވެންގާ ބުނީ ސަންޗޭޒް އާސެނަލްގެ އެއްބަސްވުން އާކޮށް ދިގުމުއްދަތެއް ވަންދެން ކްލަބުގައި މަޑުކޮށް ކާމިޔާބީތައް ހޯދާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށްފަހު އާސެނަލް ދޫކޮށްލާނެ ކަމަށް ބެލެވޭ ސަންޗޭޒް އޭނާ އާއި އާސެނަލްއާ ދެމެދު ހެދިފައި އޮތް އެއްބަސްވުމާ މެދު ހިތްހަމައެއްނުޖެހެއެވެ. އެގޮތުން މި ސީޒަނަށްފަހު އެއްބަސްވުން ހަމަވާއިރު، ސަންޗޭޒް ބޭނުންވަނީ އެއްބަސްވުމަށް އިސްލާހު ގެނެސް އަލުން ސޮއިކުރަންކަމަށް ރިޕޯޓްތައްބުނެއެވެ.

އެހެންނަމަވެސް ޗައިނާ ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ، އަދި ދުނިޔޭގެ ނަން މަޝްހޫރު އެތައް ކްލަބަކުން ހުށަހެޅުންތައް ހުށަހަޅާފައިވާ ސަންޗޭޒް އޭނާ އާސެނަލްއާ އެކު އާ ކޮންޓްރެކްޓެއް ހެދުމަށް ދެކޮޅު ހަދާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިވީތަނަށް އާސެނަލް އަށް ކުޅުނު 137 މެޗުގައި 66 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު އެފްއޭކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

ރެނާޓޯ ސަންޗޭޒް ހޯދުމުގެ ރޭހުގައި ޔުވަންޓަސް ބައިވެރިވެއްޖެ

25 މެއި 2017
ރެނާޓޯ ސަންޗޭޒް ހޯދުމުގެ ރޭހުގައި ޔުވަންޓަސް ބައިވެރިވެއްޖެ
24 މެއި 2017

އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ

24 މެއި 2017
އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ
24 އެޕްރީލު 2017

އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

24 އެޕްރީލު 2017
އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު