Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑް ވިކްޓްރީ

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

މި ސީޒަނުގައި ޔޫވީގެ އެއްވެސް ޓާގެޓެއް ނެތް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 22 މާރިޗު 2017 | ބުދަ 08:12
ޔުނައިޓެޑް ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ)

ޔުނައިޓެޑް ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ)

މިދިޔަ އަހަރުގެ އުރީދޫ ދިވެހި ލީގުގެ ހަތަރުވަނަ މަގާމު ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) އަށް ހޯދައިދިން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދީފި އެވެ.

ޔޫވީގެ ކޯޗު ކަމާ މިދިޔަ އަހަރު ހަވާލުވި އާތީ އެ މަގާމުން އިސްތިއުފާ ދިންކަން އޭނަ އިއުލާން ކުރީ އަންގާރަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އާތީ ބުނީ، ޔޫވީގައި މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް މިހާރު ފެންނަން ނެތް ކަމަށާއި އެޓީމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ.

މީގެ އިތުރުން އާތީ ބުނީ މިފަހަރުގެ ސީޒަނުގައި ޔޫވީ ވާދަ ކުރާއިރު އެޓީމުގެ އެއްވެސް ޓާގެޓެއް ނެތް ކަމަށެވެ.

އާތީ ބުނީ، ކުރިއަށް އޮތްތަނުގައި ވެސް ކޯޗިންގެ ދާއިރާއިން ފެންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ޑިވިޝަނެއްގެ ކޮން ކްލަބަކުން ކަމެއް އާތީ ހާމައެއް ނުކުރެ އެވެ.

މިއަހަރުގެ މާލޭ ލީގުގައި ޔޫވީ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 2-0 ލަނޑުން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ ނިއު ރޭޑިއަންޓްއާ ވަދަކޮށް 3-0 ލަނޑުން ނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބްތަކަށާއި 16 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް މީގެ ކުރިން ކޯޗްކަން ކޮށްދީފައިވާ އާތީ އަކީ އޭ ލައިސަންސް ކޯޗެކެވެ. އަދި އޭނާ އަކީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަން ވެސް ކޮށްފައިވާ ފަރާތެކެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު