Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު - ޔޫވީގެ ބައްދަލުވުން

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

ނިއު އާއި ޔޫވީ ޓީމެއްގެ ގޮތުން އަޅާ ނުކިޔޭނެ: އާތީ

ލީވާން އަލީ
ލީވާން އަލީ | 8 މާރިޗު 2017 | ބުދަ 18:03
ޔޫވީގެ ކޯޗު އަހުމަދު އާތިފް (ކ)

ޔޫވީގެ ކޯޗު އަހުމަދު އާތިފް (ކ)

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނު ޓީމަކީ ނިއުރޭޑިއަންޓް ކަމަށާއި، އެހެންނަމަވެސް ބުރާސްފަތި ދުވަހު ހަވީރު އެޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ފައިޓެއް ދޭނެ ކަމަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނެފި އެވެ.

މެޗުގެ ކުރިން ބުދަ ދުވަހު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ މިދިޔަ ސީޒަނުގައި ޔޫވީ ގަދަ ހަތަރެއްގައި ހިމެނުނު ނަމަވެސް، ނިއު އަކީ މިދިޔަ ސީޒަނުގައި އެޓީމަށް ހަމައެކަނީ ޕޮއިންޓެއް ނުދިން ޓީމު ކަމަށެވެ.

އެގޮތުން އާތީ ބުނީ މިދިޔަ ސީޒަނަށްވުރެ ނިއު މި ސީޒަނުގައި މާ ވަރުގަދަކޮށްފައި ކަމަށާއި، އެހެންނަމަވެސް އީގަލްސް މެޗުން ފެނުނު ކަންތަކަށް ބަލާފައި ޓީމު އެކަށީގެންވާ ވަރަށް މެޗަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޔޫވީ މެޗު ނިއު އަށްވެސް ފަސޭހަނުވާނެ ކަމަށް ފާހަގަ ކުރަމުން އާތީ ބުނީ އެޓީމަށް އޭނާ ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި، އެގޮތުން ނިއު އާއި ޔޫވީ ޓީމެއްގެ ގޮތުން އަޅާ ނުކިޔޭނެ ކަމަށެވެ.

އެހެންނަމަވެސް އާތީ ބުނީ ދެޓީމުގައި ތިބި އިންޑިވިޖުއަލް ކުޅުންތެރިން އަޅާ ކިޔާލެވޭނެ ކަމަށާއި، އެންމެ މަތީ ލީގު ތަކުގައިވެސް މޮޅު ޓީމުވެސް ކުޑަ ޓީމު އަތުން ފަސް ލަނޑުގެ ތަފާތުންވެސް ބަލިވެދާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން މެޗެއްގެ އޮއިވަރު ބަދަލުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު