Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

އިއްޒަތު ވަކިކުރީ މެމްބަރު ތިން ކްލަބުގެ ތެރެއިން ދެ ކްލަބެއްގެ އަގުލަބިއްޔަތުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 15:10
ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން ދުރުކޮށްފައިވާ އިއްޒަތު ވަހީދު

ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން ދުރުކޮށްފައިވާ އިއްޒަތު ވަހީދު

މުހައްމަދު ލަތީފަކީ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސްގެ މަގާމު ގެއްލިފައިވާ ފަރާތެއް ކަމަށާއި އެހެން ކަމުން އެފަރާތުން ނިންމާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް ބުނެ އެ ނިންމުން ބަލައި ނުގަންނާނެ ކަމަށް އެ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުން ވަކިކުރި އިއްޒަތު ވަހީދު ވިދާޅުވެއްޖެ އެވެ.

ވީއޭއެމްގެ ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކުރިކަން އިއުލާން ކުރީ ހޯމަ ދުވަހު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ވީއޭއެމްގެ ފަރާތުން ވާހަކަ ދައްކަމުން އެއިދާރާގެ ޓެކްނިކަލް ޑިރެކްޓަރު އަދި ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗް މުހަންމަދު ޝަރަފް ބުނެފައި ވަނީ، އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެސޯސިއޭޝަންގެ އާންމު ޖަލްސާއެއްގައި އިއްޒަތު ވަހީދު މަގާމުން ވަކިކުރީ މެމްބަރު ތިން ކްލަބުގެ ތެރެއިން ދެ ކްލަބެއްގެ އަގުލަބިއްޔަތުން ކަމަށެވެ.

ވީއޭއެމްގެ ނައިބު ރައީސްގެ މަގާމުން އިއްޒަތު ދުރުކުރުމާ ގުޅިގެން ރާއްޖެއެމްވީ އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ވިދާޅުވީ ވީއޭއެމްގެ މިވަގުތު ހާލަތު ބަޔާންކޮށް އެކަންތައްތައް ހައްލުކޮށްދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އޭވީސީގައި ވީއޭއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އެދިފައިވާނެ ކަމަށެވެ.

އިއްޒަތު ވިދާޅުވީ ވީއޭއެމްގެ ރައީސްގެ ގޮތުގައި ލަތީފް ހުންނަވައި އިއްޒަތުގެ މަގާމު ގެއްލުނު ކަމަށް ނިންމީ އެމްއޯސީންނާއި އޭވީސީން އެ މައްސަލަ ބަލަމުންދާތީ އެކަން ހަޖަމު ނުވެގެން ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އިއްޒަތު ވިދާޅުވީ ގައުމީ ވޮލީ ޓީމު ބައިވެރިވާ މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއް ނުނެރެވުމަކީ ވެސް މިވަގުތު އެސޯސިއޭޝަންގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމެއް ކަމަށާއި އެހެންކަމުން އެހުރިހާ ކަމެއްގެ ހައްލު ހޯދުމަށް ލަތީފަށް ފެނިވަޑައިގަތީ އޭނާ މަގާމުން ދުރުކުރުން ކަމުގަ އެވެ.

އިއްޒަތު ވިދާޅުވި ގޮތުގައި މިއަދު ލަތީފަށް ވީއޭއެމްގެ ރައީސްގެ މަގާމަށް އާދެވުނީ ވެސް ޔޫތު ސްޕޯޓްސް ކްލަބު އަދި އޭނާގެ އިހުލާސްތެރި މަސައްކަތުންނެވެ.

އޮކްޓޫބަރު 1، 2016 ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ އިންތިހާބުގައި މުހައްމަދު ލަތީފް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބު ކުރެވުނު އިރު، އިންތިހާބުގެ ކުޑަ ދުވަސް ކޮޅެއް ފަހުން އެ އިދާރާގެ އެތެރޭގައި ވަނީ ކޯޅުން ބޮޑުވެފަ އެވެ.

އެގޮތުން ރައީސާއި ނައިބު ރައީސްގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދި ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ލަތީފް އެ ކްލަބުން ބޭރުކޮށް އޭނާއަށް ވީއޭއެމްގެ ރައީސްގެ މަގާމު ވެސް ގެއްލުނު ކަމަށް ނިންމައި ހޯމް މިނިސްޓްރީ އަށް ސިޓީއެއް ވެސް ފޮނުވުނެވެ.

އިއްޒަތު ވިދާޅުވީ ހޯމް މިނިސްޓްރީ އަށް ފޮނުވި ސިޓީތަކުގެ ޖަވާބު ލިބިފައި ނެތްނަމަ ވެސް އެ ސިޓީތައް ބަލައިގަތް ކަމުގެ ލިޔުން ލިބިފައިވާ ކަމަށާއި އަދި މިއަދާ ހަމައަށްވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި ކަންތަކުގައި ހޯމް މިނިސްޓްރީގެ ފަރާތުން އެއްވެސް އަޅާލުމެއް ލިބެމުން ނުދާ ކަމަށް އިއްޒަތު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ރެޖިސްޓްރާ ޔޫސުފް އަށް ރާއްޖެއެމްވީން ގުޅާލުމުން ވިދާޅުވީ އެބުނާ ސިޓީއެއްގައި ލަތީފް މަގާމުން ވަކިކުރީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިތޯ ފެންނަން ނެތް ކަމަށެވެ.

ޔޫސުފް ވަނީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަން ލަތީފަށް ގެއްލުމަކީ ވީއޭއެމްގެ ރައީސްގެ މަގާމު ގެއްލޭނެ ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެއަށްފަހު އިތުރަށް ގުޅާލުމުން ޔޫސުފްގެ ފޯނު ނުނަންގަވާތީ ބައެއް ސުވާލުތަކަށް ވަނީ ޖަވާބު ލިބޭގޮތް ނުވެ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ގަވާއިދުގެ 23 ވަނަ މާއްދާގެ "ށ" ގެ 5 ވަނަ ނަމްބަރާ ހަވާލާދީ ބުނެފައި ވަނީ "ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރެޖިސްޓްރީ ވެފައިވާ ކްލަބު ނުވަތަ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކުރުން ނުވަތަ އިސްތިއުފާ ދިނުން" މިއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހުރި މަގާމު ގެއްލޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އޭރު ލަތީފް ވިދާޅުވެފައި ވަނީ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަން ގެއްލުނު ނަމަވެސް ވީއޭއެމްގެ ރައީސްގެ މަގާމު ގެއްލުނު ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި އޭނާއަކީ ހަމައެކަނި ޔޫތު ސްޕޯޓްސް ކްލަބުގެ އެކަނި މެމްބަރެއް ނޫން ކަމަށެވެ.

ލަތީފްގެ މި ނިންމެވުމަށް ފާޑު ވިދާޅުވަމުން އިއްޒަތު ވިދާޅުވީ ވީއޭއެމްގެ އަސާސީ ގަވައިދުގެ 23 ވަނަ މާއްދާގެ "ށ" ގެ 5 ވަނަ ނަމްބަރަށް ރިއާޔަތްކޮށް މުހައްމަދު ލަތީފް ޔޫތު ސްޕޯޓްސް ކްލަބުގެ މަގާމުން ވަކިކޮށް ވީއޭއެމްގެ ރައީސްގެ މަގާމު ގެއްލުނު ކަމަށް ކަނޑައެޅީ ފެބްރުއަރީ 2، 2017 ވަނަ ދުވަހު ކަމަށާއި އަދި އެކަން ފެބްރުއަރީ 5، 2017 ވަނަ ދުވަހު ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުން ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ސްޕޯޓްސް ކައުންސިލަށް ސިޓީއަކުން ހުށަހަޅާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ވީއޭއެމްގެ ފަރާތުން ފެބްރުއަރީ 6، 2017 ވަނަ ދުވަހު ހޯމް މިނިސްޓްރީ އަށް އެކަން ލިޔުމުން އަންގާފައި ވާނެ ކަމަށެވެ. ހަމަ އެއާއެކު މި މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އަސާސީ ގަވައިދަށް އެއްވެސް ބަދަލެއް ނުގެނައުމަށް ވީއޭއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ހޯމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް އިއްޒަތު ވިދާޅުވި އެވެ.

އިއްޒަތު ވިދާޅުވީ މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ހޯމް މިނިސްޓްރީން ވަނީ އަސާސީ ގަވައިދަށް ބަދަލު ގެނެސްފައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު