Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީގަލްސްގައި ފޯވާޑެއް ނެތުން

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

ލަނޑު ޖަހާނެ ކުޅުންތެރިޔާ ފެންނަ ހިސާބުން ޓީމު ރަނގަޅު ކުރެވޭނެ: ސާންތި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 10 މާރިޗު 2017 | ހުކުރު 18:58
އީގަލްސްގެ ކޯޗު ސާންތި

އީގަލްސްގެ ކޯޗު ސާންތި

ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި، ފޯވާޑެއް ނެތްތަން ދައްކާ ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފި އެވެ.

މާލޭ ލީގުގައި ވިކްޓްރީއާ ވާދަކޮށް 1-1 ގެ ނަތީޖާއިން އީގަލްސް އެއްވަރުވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސާންތި ބުނީ ވިކްޓްރީ ކަހަލަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި، އެންމެ ބޮޑަށް ހިތްހަމަޖެހުނީ ބަލިނުވެ މެޗު ނިންމާލަން ޖެހުން ކަމަށެވެ.

ސާންތި ބުނީ މެޗުގައި އީގަލްސް ދެއްކި ކުޅުމަށް ބަލާއިރު، ތިން ޕޮއިންޓް ހޯދޭނެ ފުރުސަތު ވެސް ޓީމަށް ލިބި ބޭކާރުވި ކަމަށެވެ. އޭނާ ބުނީ ޓީމުގައި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ފޯވާޑެއް ނެތުން ކަމަށާއި، އެހެން ހުރިހާ ކަމެއް ޓީމުން ބަރާބަރަށް ކުރާ ކަމަށެވެ.

ސާންތި ބުނީ އީގަލްސް ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ވެސް ޖެހުލުންވާ ކަމަށާއި، އެގޮތުން ލަނޑު ޖަހާނެ ކުޅުންތެރިޔާ ފެންނަ ހިސާބުން ޓީމު ރަނގަޅު ކުރެވޭނެ ކަމަށެވެ.

ލީގުގެ ޝެޑިއުލްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސާންތި ބުނީ ފުރަތަމަ ބުރުގައި އީގަލްސް ހަވީރު ފަސް މެޗު ކުޅެން ޖެހޭ ކަމަށާއި، ދުވާލަކު އެއްފަހަރު ޝެޑިއުލް ބަދަލުވާ ކަމަށެވެ. އެގޮތުން އަމަލުކުރަންވީ ކޮން ޝެޑިއުލްއަކަށް ކަމެއް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ސާންތި ބުނީ ހޫނު ދުވަހަކަށްވެފައި ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު