Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑް ވިކްޓްރީ

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

މި ދެޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 12:37
ޔުނައިޓެޑް ވިކްޓްރީގެ ހެޑް ކޯޗު އަހުމަދު އާތިފް (އާތީ)

ޔުނައިޓެޑް ވިކްޓްރީގެ ހެޑް ކޯޗު އަހުމަދު އާތިފް (އާތީ)

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ކުރިން ޔޫވީގެ ފެންވަރަކީ ކޮބާއިތޯ ބަލާލުމަށް އެކަށީގެންވާ ވަރުގެ މެޗެއް ކުޅެވިފައި ނުވާ ކަމަށާއި އަދި އެޓީމުގެ ސްޓްރެންތަކީ ކޮބައިކަން މިވަގުތު ބުނެދޭން ނޭނގޭ ކަމަށް ޓީމުގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނެފި އެވެ.

މާލޭ ލީގުގައި މިދިޔަ ސީޒަންގެ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ކްލަބު އީގަލްސްއާ ވާދަކުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އާތީ ބުނީ ސީޒަންގެ ކުރިން އެޓީމަށް ފަރިތަކުރަން ލިބިގެންދިޔައީ މަދު ދުވަސްކޮޅެއް ކަމަށާއި އެހެން ކަމުން ޓީމަށް އިތުރަށް ބޭނުންވަނީ ކޮންކޮން ކަންތައްތަކެއްތޯ ބަލަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ކަމަށެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަނާއި ކުރިމަތިލީ މާބޮޑު ރޭވުންތަކަކާއި ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައި ނޫން ކަން ފަހަގަ ކުރަމުން އާތީ ބުނީ މިއަހަރު އެޓީމުގެ ޓާގެޓަކަށް ވާނީ މާލޭ ލީގުގައި ކުޅޭ މެޗުތަކުން މޮޅުވެ މިދިޔަ އަހަރުވެސް އޮތް މަގާމުގައި ދެމިއޮތުމަށް ކަމަށެވެ.

އާތީ ބުނީ މި ސީޒަންގައި އެޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ފެންވަރާ ބެހޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ވެސް މެޗެއް ކުޅުމަށްފަހުގައި ކަމަށާއި ޕްރެކްޓިސްގައި ކުޅުންތެރިން ދައްކާ ކުޅުމާއި މެޗުގައި ދައްކާ ކުޅުން ވަރަށް ބޮޑުތަން ތަފާތު ވާނެ ކަމަށެވެ.

އެހެން ނަމެވެސް އާތީ ބުނީ ޕްރެކްޓިސް ތަކުގައި އެ ކުޅުންތެރިން އަދި ދައްކަމުންދަނީ ހިތްހަމަޖެހޭ ފަދަ ކުޅުމެއް ކަމަށެވެ.

އީގަލްސްއާ ދެކޮޅަށް ޔޫވީން މި މެޗަށް ނުކުންނަ އިރު މި ދެޓީމަކީ މިދިޔަ ސީޒަންގައި ވަރަށް ވާދަވެރި ދެ ޓީމެވެ.

އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން މިއަހަރުގެ ސީޒަން ޔޫވީން ފަށާއިރު، އީގަލްސް ވަނީ ލީގުގައި މިހާތަނަށް އެއް މެޗު ކުޅެފަ އެވެ. އެގޮތުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 0-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެހެން ކަމުން ޔޫވީއާ ވާދަކުރާ މެޗުން ކޮންމެހެންވެސް އެޓީމަށް މޮޅެއް ހޯދަން މިވަނީ މަޖުބޫރުވެފަ އެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު