Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޔޫވީން ފަސޭހަކަމާއެކު ސަސް ބަލިކޮށްފި

17 އެޕްރީލު 2021 | ހޮނިހިރު 19:55

ތާވަލުގެ ފުލުގައި ޔޫވީ އޮތީ ނުވަ ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 17 އެޕްރީލު 2021 | ހޮނިހިރު 19:55
ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 5-1 ން

ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 5-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ފަސޭހަކަމާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީ މޮޅުވީ 5-1 ނަތީޖާއަކުންނެވެ. މި މޮޅާއެކު ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޔޫވީ ވަނީ މޮޅުވެފައެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 27 ވަނަ މިނެޓުގައި ޔޫވީން ވަނީ ލީޑު ނަގާފައެވެ. މުޙައްމަދު އާރިފް (ބަކާ) ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކީރްލޯ ސިލިޗެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޔޫވީން ވަނީ ލީޑު ފުޅާކޮށްފައެވެ. އިސްމާޢީލް އީސަ (މެސީ) ނަގައިދިން ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ސަސްއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ބިދޭސީ މިޑްފީލްޑަރު އެއިސޫކޭ މޯރީ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެސީއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ފަހުކޮޅު ޔޫވީން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ޔޫވީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިސަމް (ޗުމްޕު) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޔޫވީގެ ފަސްވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ. މިއީ އޭރިއާ ތެރެއިން ޔޫވީގެ އަޙްމަދު ބައްސާމް މުޙައްމަދު ނައީމަށް ސަސްގެ އެއިސޫކޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މެޗުން މޮޅުވީ ކުޅުންތެރިން ދެއްކި ހިތްވަރުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޔޫވީން މަސައްކަތް ކުރާނީ ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް ކަމަށެވެ. އަދި އެ ފުރުޞަތު މިހާރު އެބައޮތް ކަމަށާއި، ދެން ފޯކަސް ހުރީ ކުރިއަށް އޮތް ވެލެންސިއާ މެޗަށް ކަމަށްވެސް ސާންތި ބުންޏެވެ.

ސަސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މެޗު ފަށައިގެން ސަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެ ޓީމު ކޮޅަށް ދެ ލަނޑު ވަނުމާއެކު ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ފެނިގެންގޮސްފައިނުވާ ކަމަށްވެސް މޯހަން ބުންޏެވެ.

މި މޮޅާއެކު ތާވަލުގެ ފުލުގައި ޔޫވީ އޮތީ ކުޅުނު 13 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ފުލުން ދެވަނައިގައި އޮތް ސަސްއަށް 13 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް