Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025 | ހޮނިހިރު 14:19

މާޒިޔާ އިން ވިކްޓްރީ 3-0 އިން ބަލިކޮށް ލީގުގައި އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާ އެކު އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފަ. މެޗުގައި މާޒިޔާ ގެ ގޯލު ތައް ޖަހައިދިނީ ސާޖިއޯ މެންޑީ، އަހުމަދު އައިހަމް އަދި ހައިޝަމް ހަސަން.

މާޒިޔާ އިން ވިކްޓްރީ 3-0 އިން ބަލިކޮށް ލީގުގައި އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާ އެކު އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނެގި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 22 ނޮވެމްބަރު 2025 | ހޮނިހިރު 14:19
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗަކުން މޮޅުވުމަށްފަހު މާޒިޔާ ގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗަކުން މޮޅުވުމަށްފަހު މާޒިޔާ ގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގު ގައި ވިކްޓަރީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗުން މާޒިޔާ އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، ލީގުގައި އަށް މެޗުން ވެސް މޮޅުވުމުގެ ރަނގަޅު ރެކޯޑެއް ގާއިމުކޮށް ލީގު ޓޭބަލް އެއް ވަނައިގައި ލީޑު ފުޅާކޮށްފަ އެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އިން ލީޑުނެގީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖެހީ ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އެވެ. ލީގުގެ އެންމެ ގިނަ ގޯލު ޖެހި މެންޑީ ވަނީ ވިކްޓަރީ ކީޕަރު، ސީރިއާގެ މަހުމޫދު އަލް ޔޫސުފް އަށް ލިބުމުގެ ކުރިން ގޯލަށް ބޯޅަ ވައްދާލާފަ އެވެ.

ދެ ވަނަ ހާފުގައި ވެސް މާޒިޔާ އިން ދިޔައީ ވިކްޓަރީ ގޯލަށް ޕްރެޝަރު ކުރަމުންނެވެ. މާޒިޔާ އިން ފަހު ދެ ލަނޑު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި، ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުން އަހުމަދު އައިހަމް (ފަތޯ) ވަނީ އޭރިއާތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މާޒިޔާގެ ލީޑުފުޅާކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި، ހައިޝަމް ހަސަން (ބިޑި) ވަނީ ދާދު ދިން ބޯޅައެއް ގޯލަށް ވައްދާލައި، މާޒިޔާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި މާޒިޔާ އިން މި ވަނީ ހަތް ޕޮއިންޓުގެ ބޮޑު ލީޑެއް ނަގާފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް ވަނީ އަށް މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންދިރާގު ދިވެހި ޕްރިމިއާ ލީގުވިކްޓަރީ ސްޕޯޓްސް ކުލަބު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް