Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ބުރުން ޔޫވީ ބަލިކޮށްފި

ލީގުގައި މިހާތަނަށް ކުޅެފައިވާ އަށް މެޗުން ބުރަށް ލިބެނީ 11 ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. ބުރު އަތުން ބަލިވި ޔޫވީ އޮތީ އަށް މެޗުން ހަތަރު ޕޮއިންޓާ އެކު ލީގު ތާވަލްގެ އެންމެ ފުލުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2025 | އަންގާރަ 05:55
މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބުރު ސްޕޯޓްސް ކުލަބުން ލީގު ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ބުރުން އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ބުރަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ އަރީން ޢަބްދުﷲ އިބްރާހީމް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބުރުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ބުރަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހުޑްސަން ޑިއާޒް އެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ އަށް މެޗުން ބުރަށް ލިބެނީ 11 ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. ބުރު އަތުން ބަލިވި ޔޫވީ އޮތީ އަށް މެޗުން ހަތަރު ޕޮއިންޓާ އެކު ލީގު ތާވަލްގެ އެންމެ ފުލުގަ އެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް އަށް މެޗު ކުޅެފައިވާއިރު، އެއް ވަަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެއް ވަނައިގައި އެ ޓީމު އޮތީ އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާ އެކު އެވެ.

ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ލިބެނީ 19 ޕޮއިންޓެވެ. ތިން ވަަނައިގައި ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކުލަބު އޮތްއިރު، އެ ޓީމަށް ލިބެނީ 17 ޕޮއިންޓެވެ. ލީގު ތާވަލްގެ ހަތަރު ވަަނައިގައި ކުލަބު އީގަލްސް އޮތީ 12 ޕޮއިންޓާ އެކު އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުބުރު ސްޕޯޓްސް ކްލަބްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު