Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއަރ ލީގު

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

މޮޅާއެކު މާޒިޔާ އިން ލީގުގެ ފުރަތަމަ ބުރު ނިންމާލީ، ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ ނުވަ މެޗުން ވެސް މާޒިޔާ މޮޅުވެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ 27 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2025 | ހޮނިހިރު 04:11
މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާ އައިހަމް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާ އައިހަމް އުފާ ފާޅު ކުރަނީ | ނިޝާން އަލީ / މިހާރު

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ނިއު ރޭޑިއަންޓް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ނިއު ރޭޑިއަންޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ގޯމޭސް ޑަ ސިލްވާ އެވެ.

ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މާޒިޔާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަޙުމަދު އައިހަމް އެވެ.

ދެ ވަނަ ހާފު ފަށައިގެން މާޒިޔާ އިން އިތުރު ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ނަތީޖާ އަކީ، މެޗުގެ 66 ވަނަ މިނެޓުގައި ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނެގުމެވެ. އެ ލަނޑު މާޒިޔާ އަށް ޖަހައިދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

މޮޅާއެކު މާޒިޔާ އިން ލީގުގެ ފުރަތަމަ ބުރު ނިންމާލީ، ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ ނުވަ މެޗުން ވެސް މާޒިޔާ މޮޅުވެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ 27 ޕޮއިންޓާ އެކު އެވެ.

ނިއު ރޭޑިއަންޓް އިން ލީގުގެ ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައި އޮވެގެންނެވެ. ނިއު ރޭޑިއަންޓް ކުޅެފައިވާ ނުވަ މެޗުން އެ ޓީމަށް ލިބެނީ، 17 ޕޮއިންޓެވެ. ލީގުގައި ނިއު ރޭޑިއަންޓް ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްދިރާގު ދިވެހި ޕްރިމިއަރ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

01 މާރިޗު 2026

ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވެ، ސުޒޭން އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް

01 މާރިޗު 2026
ނިއު ރޭޑިއަންޓްގެ ކޯޗުކަމުން ވަކިވެ، ސުޒޭން އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް
21 ފެބުރުއަރީ 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
11 ފެބުރުއަރީ 2026

ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

11 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު