Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއަރ ލީގު

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އީގަލްސް އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ ނުވަ މެޗުން 13 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2025 | ހޮނިހިރު 04:12
ވިކްޓަރީ އާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން

ވިކްޓަރީ އާއި އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ކުލަބު އީގަލްސް އެއްވަރު ވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ވިކްޓަރީ އިން ވަނީ އީގަލްސް ކޮޅަށް ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ނަމަވެސް، އީގަލްސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައިވިކްޓަރީ އިން ވަނީ އީގަލްސް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ވްލަޑިމިރް އެވަޓަން އެވެ. އޭގެ އަށް މިނެޓު ފަހުން އަމްދާން އަލީ ވަނީ ވިކްޓަރީގެ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ޔޫވީ އިން ދެ ވަަނަ ލަނޑެެއް ޖެހިތާ އަށް މިނެޓު ފަހުން އީގަލްސްގެ ފުރަތަމަ ލަނޑު ޖެހީ އަޙުމަދު ރިޒްވާން (ރިޒޭ) އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި އީގަލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވެސް ރިޒޭ އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އީގަލްސް އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ ނުވަ މެޗުން 13 ޕޮއިންޓާ އެކު އެވެ. މި ފަހަރުގެ ސީޒަންގެ ކުރީ ކޮޅު އީގަލްސްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައި އޮތް ނަމަވެސް، އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ޢަބްދުﷲ ޙަނީފު (ބެންޖޯ)ގެ އިރުޝާދުގެ ދަށުން އީގަލްސް އިން އަންނަނީ ނަތީޖާ ރަނގަޅު ކުރަމުންނެވެ.

ބެންޖޯގެ އިރުޝާދުގެ ދަށުން މިހާތަނަށް އީގަލްސް އިން ވަނީ ހަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ތިން މެޗުން މޮޅުވެފަ އެވެ. އަނެއް ތިން މެޗުން އެއްވަރުވެފައިވާއިރު، އީގަލްސް އިން ވަނީ އޮޑި ސްޕޯޓްސް ކުލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވެސް އެއްވަރު ކޮށްފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަޙްމަދު ރިޒުވާން (ރިޒޭ)

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު