Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޔޫވީ އިން ގްރީން ބަލިކޮށްފި

1 ޑިސެމްބަރު 2025 | ހޯމަ 08:08

މި މެޗާ އެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައިވާއިރު، އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެއް ވަަނައިގައި އެ ޓީމު އޮތީ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ، 27 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2025 | ހޯމަ 08:08
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔޫވީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކުލަބު ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗުން، ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) މޮޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޔޫވީ އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔޫވީ އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހި އެވެ. އަދި ފަހު ހާފުގައި ގްރީން އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޔޫވީ އަށް ލީޑު ނަގައިދިނީ މުސްލިމް މުޙައްމަދު އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ޔޫވީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ މަހުމޫދު އެލްޝާޒްލީ އެވެ.

އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ޔޫވީގެ ތިން ވަނަ ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްދިނީ އާދަމް ޝިޔާން މުޙައްމަދު އެވެ. މެޗުގައި ގްރީންގެ ހަމަ އެކަނި ލަނޑު، މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ ރިލްވާން ވަހީދު އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން އޭނާ ޖެހި ލަނޑެކެވެ.

މި މެޗާ އެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައިވާއިރު، އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެއް ވަަނައިގައި އެ ޓީމު އޮތީ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ، 27 ޕޮއިންޓާ އެކު އެވެ.

ދެ ވަނައިގައި އޮޑި ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބެނީ 22 ޕޮއިންޓެވެ. ތިން ވަަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަަބަށް ލިބެނީ 17 ޕޮއިންޓެވެ. 14 ޕޮއިންޓާ އެކު ބުރު ސްޕޯޓްސް ކުލަބު ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތް ކުލަބު އީގަލްސް އަށް ލިބެނީ 13 ޕޮއިންޓެވެ.

ހަ ވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބަށް 10 ޕޮއިންޓު ލިބޭއިރު، ހަތް ވަނައިގައި ޔޫވީ އަށް ލިބެނީ ހަތް ޕޮއިންޓެވެ. އަށް ވަަނައިގައި ކުލަބު ވެލެންސިއާ އޮތްއިރު، ނުވަ ވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ. 10 ކުލަބު ވާދަ ކުރާ ލީގުގެ ފުލުގައި އޮތީ ގްރީން އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ކުލަބް ގްރީން ސްޓްރީޓްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
02 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް