Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އޮޑިން ނިންމާލިއިރު، މިހާތަނަށް ލީގުގައި ކުޅެފައިވާ ނުވަ މެޗުން އެ ޓީމަށް ލިބެނީ 22 ޕޮއިންޓެވެ. ދެ ވަނައިގައި އެ ޓީމު އޮތްއިރު، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2025 | އާދީއްތަ 06:10
މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޮޑި ސްޕޯޓްސް ކުލަބުން ލީގު ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހޮނިިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޮޑިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އޮޑިން ވަނީ ޓީސީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ކަރޮލިސް ލައުކްޒެމިސް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މުޒްދާން ޙަސަން ވަނީ އޮޑީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފަށް ނިކުމެ އޮޑިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަހްޒަމް ރަޝީދު އެވެ. އެ ލަނޑު އޭނާ ޖެހީ މުޒްދާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ އަކުންނެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އޮޑިން ނިންމާލިއިރު، މިހާތަނަށް ލީގުގައި ކުޅެފައިވާ ނުވަ މެޗުން އެ ޓީމަށް ލިބެނީ 22 ޕޮއިންޓެވެ. ދެ ވަނައިގައި އެ ޓީމު އޮތްއިރު، އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. އެއް ވަނައިގައި މާޒިޔާ އޮތީ ނުވަ މެޗުން ވެސް މޮޅުވެ 27 ޕޮއިންޓާ އެކު އެެވެ.

ޓީސީ ސްޕޯޓްސް ކުލަބުދިރާގު ދިވެހި ޕްރިމިއާ ލީގުއޮޑި ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު