Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

8 ނޮވެމްބަރު 2025 | ހޮނިހިރު 07:45

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން އޮޑި ސްޕޯޓްސް ކުލަބް 1-0 އިން ބަލިކޮށް، ކުޅުނު ހުރިހާ ހަތް މެޗަކުން މޮޅުވުމުގެ ފަޚުރުވެރި ރެކޯޑް ދަމަހައްޓައިފި

މެޗުގެ އިތުރު ވަގުތުގައި ހަމްޒާ މުހައްމަދު ޖަހައި ދިން ލަނޑުން މާޒިޔާ އިން އޮޑި ސްޕޯޓްސް ކުލަބް 1-0 ން ބަލިކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 8 ނޮވެމްބަރު 2025 | ހޮނިހިރު 07:45
ލީގުގައި ގްރީން ސްޓްރީޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ހަމްޕު އުފާ ފާޅުކުރަނީ

ލީގުގައި ގްރީން ސްޓްރީޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ހަމްޕު އުފާ ފާޅުކުރަނީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު މާޒިޔާގެ ހަމްޒާ މުހައްމަދު(ހަމްޕު) ޖެހި ގޯލާއެކު އޮޑި ސްޕޯޓްސް ކުލަބް ބަލިކޮށް، މިފަހަރުގެ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުގެ ރެކޯޑް މާޒިޔާ އިން ދަމަހައްޓައިފިއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުން ފެށިގެން ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެން ދިޔަ ނަމަވެސް، ފުރަތަމަ 45 މިނިޓް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ ކުޅުން ރަނގަޅުކޮށް، އޮޑީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ 90 މިނިޓު ފުރިހަމަވި އިރުވެސް ދެ ޓީމު އޮތީ އެއްވަރުވެފައެވެ.

ރެފްރީ އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނިޓްގެ ތެރެއިން، ހަތަރު ވަނަ މިނިޓްގައި މާޒިޔާގެ ހަމްޕު ވަނީ އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓައި ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އޮޑީގެ ކީޕަރު ޝަފީއު ވަނީ އެ ބޯޅަ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން، ހަމްޕު އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ކީޕަރު ޝަފީއު ކައިރިން ނައްޓާފަ ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ.

މި މޮޅާ އެކު މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް ވަނީ އިތުރަށް ދަމަހައްޓާފަ އެވެ. ދިރާގު ދިވެހި ލީގު ތާވަލުގެ އެއް ވަނައިގައި މާޒިޔާ އޮތީ، ކުޅުނު ހަތް މެޗުން ވެސް މޮޅުވެ ހޯދި 21 ޕޮއިންޓާއެކު އެވެ.

ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. އޮޑި ދެ ވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންދިރާގު ދިވެހި ޕްރިމިއާ ލީގުއޮޑި ސްޕޯޓްސް ކްލަބްހަމްޒާ މުޙައްމަދު (ހަމްޕު)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
02 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް