Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ތާވަލުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޝުކްރާލީ ޕުލާޓޯވްގެ ލަނޑަކުން މެޗު އެއްވަރުކޮށް، ނިއުރޭޑިއަންޓް ކައިރިން ޕޮއިންޓެއް ހޯދިއެވެ.

ނިއު އިން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގައި ވަރަށް ބާރުގަދަ ފެށުމެއް ނަގައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 9 ނޮވެމްބަރު 2025 | އާދީއްތަ 04:15
ނިއު އަދި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން

ނިއު އަދި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ތާވަލުގެ ފުލުގައި އޮތް ކުލަބް ގްރީން ސްޓްރީޓްސް އިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވިޔަ ނުދީ ހިފަހައްޓައި މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.

މި މެޗު ފަށައިގެން ނިއު އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 10 ވަނަ މިނިޓުގައި ނިއު އިން ލީޑު ނެގީ ރާއިފް ހިފައިގެން ދިޔަ ބޯޅައެއް އޭރިޔާ ތެރެއަށް ވަދެ ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ 22 ވަނަ މިނިޓުގައި ނިއު އިން ލީޑު ދެ ގުނަ ކުރިއެވެ. އޭރިޔާ ތެރެއިން ނިއުގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅައެއް ގްރީން ސްޓްރީޓްސްގެ ކީޕަރު އަތުގަ ޖެހިފައި ނުކުތުމުން، ގޯލު އޭރިޔާ ތެރޭގައި ހުރި ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ޑެ ސިލްވަރ ވަނީ ބޯޅަ ގޯލަށް ވައްދާލާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް ގެ މާ އެދެވޭ ހަމަލާތަކެއް ނުފެނުނެވެ. ނަމަވެސް ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ނިއުގެ ފަހަތަށް ބާރުބޮޑު ކޮއްފައެވެ.

ގްރީން ސްޓްރީޓްސްގެ މަސައްކަތުގެ ނަތީޖާ ފެނިގެން ދިޔައީ މެޗުގެ 55 ވަނަ މިނިޓުގައެވެ. ޕެނަލްޓީ އަކުން މިސްރުގެ އެލްސައީދު އަބްދެލްފައްތާހު ވަނީ ގްރީން ސްޓްރީޓްސްގެ ފުރަތަމަ ލަނޑު ޖަހައި، އެޓީމަށް އުންމީދެއް ގެނެސްދީފައެވެ. މި ލަނޑުން ފަހު ގްރީން ސްޓްރީޓްސް އިން ވަނީ ކުރިއަށް ޖެހި އިތުރު ލަނޑެއް ޖަހަން މަސައްކަތެއް ކޮށްފައެވެ.

ގްރީން ސްޓްރީޓްސްގެ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށެވެ. މެޗުހެ 88 ވަނަ މިނިޓުގައި އުޒްބެކިސްތާންގެ ޑިފެންޑަރު ޝުކްރާލީ ޕުލާޓޯވް ވަނީ ގްރީން ސްޓްރީޓްސްގެ ދެވަނަ ލަނޑު ޖަހައި، މެޗު އެއްވަރުކޮށްދީފަ އެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ނިއުރޭޑިއަންޓް އަށް 7 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ނިއު އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން އޮޑި ސްޕޯޓްސް ކުލަބު އޮތީ ތިންވަނައިގައެވެ. ތާވަލު ކުރީގައި އޮތް މާޒިޔާ އާއި ނިއު ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

މި މެޗުން ލިބުނު މުހިންމު ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް ވަނީ 7 މެޗުން 4 ޕޮއިންޓު ހޯދައިގެން ތާވަލުގެ ފުލުން ކުރިއަށް ޖެހިލާފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގްރީން ސްޓްރީޓްސްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު