Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ގްރީން އާއި އީގަލްސްގެ ކުރިމަތިލުން އެއްވަރު

15 އެޕްރީލު 2021 | ބުރާސްފަތި 19:45

އީގަލްސް އޮތީ ތާވަލުގެ ހަވަނައިގައި 13 ޕޮއިންޓާއެކު

އަތޫފް އާތިފް
އަތޫފް އާތިފް | 15 އެޕްރީލު 2021 | ބުރާސްފަތި 19:45
ގްރީން އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެއްވަރުވީ 1-1 ން

ގްރީން އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެއްވަރުވީ 1-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސް އާއި ކުލަބު އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިމެވެ. މިއީ އޭރިއާ ތެރެއިން ގްރީންގެ ޑިފެންޑަރު މުޙައްމަދު ސާއިފުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި ލަނޑާއެކު ފުރަތަމަ ހާފުގައި ގްރީނުން ކުރިއަށް ޖެހި އީގަލްސްގެ ހާފަށް ބާރު ބޮޑުކުރި ނަމަވެސް، މާކަ ނުރައްކާތެރު ހަމަލާއެއް އެޓީމަށް އުފެއްދިފައެއް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އީގަލްސްގެ ސައިފުﷲ އިބްރާހީމަށް ވަނީ ލަނޑު ޖަހަން ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެއާއެކު މެޗުގެ 65 ވަނަ މިނެޓުގައި ގްރީނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ ޔާމީން (ޔާނު) އެވެ.

އޭގެ ފަހުން އަލުން ލީޑު ނަގަން އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އަށް ހުސް ފުރުޞަތެއް ލިބި ބޭކާރުވިއިރު، މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމުގެ ނާއިމަށްވެސް ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ގްރީންގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ގްރީންގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މެޗުން ޕޮއިންޓެއް ލިބުމުން އެކަމާއި ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ގެއްލިގެން ދިޔައީ ތިން ޕޮއިންޓް ހޯދޭނެ މެޗެއް ކަމަށެވެ.

އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުގައި އީގަލްސްގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ޓީމަށް ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލަ ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

މި ނަތީޖާއާއެކު ގްރީން އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 13 މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. އަދި އީގަލްސް އޮތީ ތާވަލުގެ ހަވަނައިގައި 11 މެޗުން 13 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް