Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އިން ޔުނައިޓެޑް ވިކްޓަރީ ބަލި ކުރީ 3-1 އިންނެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 04:17
އީގަލްސް އަދި ޔޫވޫ ކުޅުނު މެޗުގެ ތެރެއިން

އީގަލްސް އަދި ޔޫވޫ ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުހަވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 3-1 އިން ބަލިކޮށް، ކްލަބް އީގަލްސް އިން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި، އީގަލްސް އިން ލީޑުނެގީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި އީގަލްސްގެ ފުލްބެކް، އަބްދުލްމަލިކް ނެގި ބޯޅަ ފޭދޫ އިއްބެ ބޮލުން ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ކީޕަރު، އަލީ އާދެލް މުސްތަފާ އަލީ އަތުގައި ޖެހިފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި، އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ ބިދޭސީ މިޑްފީލްޑަރު، އިބްރާހިމް ލެބޭ އެވެ. މިއީ ފޭދޫ އިއްބެ ދިން ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު ލެބޭ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ ތިން ވަަނަ ގޯލު ޖެހީ، 43 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، ޔޫސުފް ސިދާމް އަލީ (ސިއްކޮ) އެވެ. އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) ދިން ބޯޅަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ސިއްކޮ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ލަނޑެއް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިޝްއާފް މުހައްމަދު ފިރާގު އެވެ. މެޗުގެ 67 ވަނަ މިނިޓްގައި، އީގަލްސް އޭރިއާ ތެރެއިން ލިިބުނު ބޯޅަ އިޝްއާފު ވަނީ ހަމަޖެހިލާފަ ގޯލަށް ފޮނުވާލާފަ އެވެ.

މި މެޗުން މޮޅުވުމުން ލީގުގެ ހަތަރު ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ. މެޗުން ބަލިިވި، ޔުނައިޓެޑް ވިކްޓަރީ ލީގުގެ ހަތް ވަނައިގައި އޮތީ ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ހަތް މެޗުން 21 ޕޮއިންޓް، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްޔުނައިޓެޑް ވިކްޓަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު