Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީން އާއި އީގަލްސްގެ މެޗު

ގަދަ ހައެއްގެ ޖާގައެއް ހޯދުމަށް ގްރީން މެޗު މުހިންމު: ޝާޒްލީ

14 އެޕްރީލު 2021 | ބުދަ 23:52

ގްރީން އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 22:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އެޕްރީލު 2021 | ބުދަ 23:52
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހައެއްގެ ޖާގައެއް ހޯދުމަށް ކުރިއަށް ކުލަބު ގްރީން ސްޓްރީޓްސް މެޗަކީ އެންމެ މުހިންމު އެއް މެޗު ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ފަހަރުގެ ސީޒަނަށް ޓީސީ ސްޕޯޓްސް ކުލަބާއެކު ނުކުތް ޝާޒްލީ އީގަލްސްއާ ހަވާލުވީ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އަދި އީގަލްސްއާ ހަވާލުވުމަށްފަހު ޝާޒްލީ ވަނީ މި ސީޒަނުގައި އީގަލްސްގެ އަމާޒަކީ ގަދަ ހައެއްގެ ޖާގައެއް ހޯދުން ކަމަށް ބުނެފައެވެ. މި ފަހަރުގެ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވިއިރު، އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 10 މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ އީގަލްސްއާ ހަވާލުވިފަހުން އަދި މިހާތަނަށް ގިނަ މެޗުތަކެއް ކުޅެފައި ނުވި ނަމަވެސް، އަދިވެސް އެންމެ ބޮޑު އަމާޒަކީ ގަދަ ހައެއްގެ ތެރެއަަށް ވަނުން ކަމަށެވެ. އެހެންކަމުން ގަދަ ހައެއްގެ ޖާގައެއް ހޯދުމަށް ގްރީން މެޗަކީ އެންމެ މުހިންމު އެއް މެޗަށް ވެގެންދާނެ ކަމަށް ޝާޒްލީ ވަނީ ބުނެފައެވެ. ޝާޒްލީ ބުނީ ތާވަލުގެ ގަދަ ހަތަރެއްގައި ގްރީން އޮތްއިރު، މި ސީޒަން ފެށިއިރުވެސް އެ ޓީމަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ. އަދި ހުރިހާ ގޮތަކަށް ބެލިޔަސް ގްރީނަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗަކީ އީގަލްސްއަށް ދިމާވާނެ ވަރުގަދަ އެއް މެޗު ކަމަށްވެސް ބުންޏެވެ.

ލީގުގައި ގްރީންއާ ކުރިމަތިލާއިރު، ދާދި ފަހުން އީގަލްސްއިން ވަނީ އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އެ މެޗަށްފަހު އީގަލްސް ލީގާ އަލުން ކުރިމަތިލާއިރު، ލީގުގެ ޝެޑިއުލަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. ޝާޒްލީ ބުނީ އޭއެފްސީ ކަޕުގެ މެޗެއް ކުޅެފައި އެނބުރިއައުމުން ލިބޭނެ ފައިދާތަކެއްވެސް ހުންނާނެ ކަމަށާއި، އެކަމަކު އޭގެ އިދިކޮޅުވެސް އެބައޮތް ކަމަށެވެ. އެގޮތުން ލީގާއި އޭއެފްސީ ކަޕުގައި އީގަލްސް ވާދަކުރާއިރު، ކައިރިކައިރީގައި މެޗުތައް ދިމާވެ، އަނިޔާގެ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އީގަލްސް މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު "ރަގްބީ" މެޗަށްފަހު އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ޓީމުގެ މުހިންމު އެއް ކުޅުންތެރިއެއް ކަމަށްވާ ބިދޭސީ މިޑްފީލްޑަރު ޚަލީލް ގަމާލަށްވެސް އަނިޔާވެ، ފަރުވާ ހޯދަމުން އަންނަ ކަމަށް ނިސްތާރު ބުންޏެވެ.

ޝެޑިއުލަށް އައި ބަދަލުތަކާ ގުޅޭގޮތުން ނިސްތާރު ބުނީ ޝެޑިއުލަށް ބަދަލުގެނައީ އޭއެފްސީ ކަޕުގައި އީގަލްސް ވާދަކުރަމުން އަންނާތީ ކަމަށާއި، މި އަންނަ ބަދަލުތައް ގަބޫލުނުކޮށް ނުތިބެވޭނެ ކަމަށެވެ. އަދި މިފަދަ ބަދަލުތަކެއް އައި ނަމަވެސް، ކޮންމެ ޓީމަކަށްވެސް ލިބޭނެ ފައިދާތަކަކާއި ލިބޭނެ ގެއްލުންތަކެއް ހުންނާނެ ކަމަށާއި، ގްރީންއަށް އޮތް ހަމައެކަނި ގޮންޖެހުމަކީ އެންމެ ފަހުން ކުޅުނު މެޗުގައި ފުޓްބޯޅައިގެ ހަމަތަކުން ނެއްޓި، ކުޅުންތެރިންނަށް ލިބުނު އަނިޔާތައް ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ލީގުގައި އީގަލްސްއާ ދެކޮޅަށް ގްރީން ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 12 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނަ ބުރުގައި ގްރީން އާއި އީގަލްސް ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ގްރީން ވަނީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 22:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް