Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ބެޓިސްއާ އެއްވަރުވި ނަމަވެސް، އެތުލެޓިކޯ އެއްވަނައަށް

ތާވަލުގެ އެއްވަނައަށް އެތުލެޓިކޯ ޖެހިލީ 67 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 އެޕްރީލު 2021 | އާދީއްތަ 22:18
ބެޓިސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ބެޓިސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއާލް ބެޓިސްއާ އެއްވަރުވި ނަމަވެސް، ތާވަލުގެ އެއްވަނައަށް އެތުލެޓިކޯ މެޑްރިޑް އަލުން އަރައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ބެޓިސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން އެންހެލް ކޮރެއާ ދިން ޕާހަކުން މި ލަނޑު އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރަސްކޯއެވެ.

އެކަމަކު އޭގެ ފަހުން ބެޓިސްއިިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެލެކްސް މޮރޭނޯ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޓެލޯއެވެ. އަދި އޭގެ ފަހުންވެސް މި މެޗުގައި ލީޑު ނަގަން ދެ ޓީމަށްވެސް ވަނީ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް އެތުލެޓިކޯ ޖެހިލިއިރު، ކުޅުނު 30 މެޗުން އެ ޓީމަށް ވަނީ 67 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 30 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އަދި އެތުލެޓިކޯއާ އެއްވަރުކުރި ބެޓިސް އޮތީ ތާވަލުގެ ހަވަނައިގައި 30 މެޗުން 47 ޕޮއިންޓާއެކުއެވެ.

އެތުލެޓިކޯ މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

26 ފެބުރުއަރީ 2025
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު