Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކޯ އަތުން ބަލިވެ، ބާސެލޯނާ އަށް އެއް ވަނަ ގެއްލިއްޖެ

މޮޅާއެކު އެތުލެޓިކޯ އިން ވަނީ ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 18 މެޗުން އެ ޓީމަށް ލިބެނީ 41 ޕޮޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2024 | އާދީއްތަ 07:13
ބާސެލޯނާ އާއި އެތުލެޓިކޯ ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އާއި އެތުލެޓިކޯ ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބާސެލޯނާ އިންނެވެ. ނަމަވެސް، އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެ މެޗާ ކުރިމަތިލީއިރު، އެއް ވަނައިގައި ބާސެލޯނާ އިން ހިފަހައްޓަމުން އައި ބޮޑު ލީޑު އެ ޓީމަށް އޮތީ ގެއްލިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ޕެޑްރީ އެވެ. އޭނާ އެ ލަނޑު ޖެހީ ސްޕެއިންގެ ގަވީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެތުލެޓިކޯ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮޑްރިގޯ ޑި ޕައުލް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެ ޓީމު މޮޅު ކޮށްދިން ލަނޑު ޖެހީ އެލެގްޒެންޑާ ސޯލޮތު އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު އެތުލެޓިކޯ އިން ވަނީ ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 18 މެޗުން އެ ޓީމަށް ލިބެނީ 41 ޕޮޮއިންޓެވެ. ބާސެލޯނާ ދެ ވަނަ އަށް ވެއްޓުނުއިރު، އެ ޓީމު ވަނީ އިތުރަށް އެއް މެޗު ކުޅެފަ އެވެ. މިހާތަނަށް ކުޅެފައިވާ 19 މެޗުން ބާސެލޯނާ އަށް ލިބެނީ 38 ޕޮއިންޓެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އޮތީ 17 މެޗުން 37 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުބާސެލޯނާއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު