Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

މިއީ މި ސީޒަންގެ ލީގުގައި ރެއާލްގެ ފުރަތަމަ ބައްޔެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ ހަ މެޗުން 18 ޕޮއިންޓާ އެކު ރެއާލް އޮތީ އެއް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:16
މެޗުގައި ލަނޑު ޖެހުމަށް ފަހު އެތުލެޓިކޯގެ އަލްވަރޭޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އެތުލެޓިކޯގެ އަލްވަރޭޒް އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން، ރެއާލް މެޑްރިޑަށް ލަދުވެތި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-2 އިން ރެއާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި އެތުލެޓިކޯ އިން ލީޑު ނަގާފައި ވަނިކޮށް، ރެއާލް އިން ފަހަތުން އަރައި ލީޑު ވެސް ނެގި އެވެ. އޭގެ ފަހުން އިތުރު ހަތަރު ލަނޑު ޖަހައިގެން އެތުލެޓިކޯ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަަށައިގެން 14 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ރޮބިން ލީ ނޯމަންޑް އެވެ. އެއީ ޖިއުލިއާނޯ ސިމިއޯން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ރެއާލް އަށް ޖަހައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ.

އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލީޑު ނަގައިފަ އެވެ. ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލް އަށް ލީޑު ނަގައިދިނީ އާޑާ ގުލާ އެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެލެގްޒެންޑާ ސޯލޮތު ޖެހި ލަނޑުންް އެތުލެޓިކޯ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި އެތުލެޓިކޯގެ ލީޑު ފުޅާ ކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެތުލެޓިކޯގެ ފަސް ވަނަ ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން އެވެ.

މިއީ މި ސީޒަންގެ ލީގުގައި ރެއާލްގެ ފުރަތަމަ ބައްޔެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ ހަ މެޗުން 18 ޕޮއިންޓާ އެކު ރެއާލް އޮތީ އެއް ވަނައިގަ އެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 16 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް، އެއް ވަނަ ޖެހިލުމުގެ ފުރުސަތު މިހާރު ބާސެލޯނާ އަށް އޮންނާނެ އެވެ.

ރެއާލް އަތުން މޮޅުވި އެތުލެޓިކޯ އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްއެތުލެޓިކޯ މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު