Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑް

އަލްވަރޭޒް އަށް އިތުބާރު އޮވޭ، ބަދަލުތަކެއް ފެންނާނެ: ސިމިއޯން

އަނެއްކޮޅުން އަލްވަރޭޒް އަކީ މިހާރު ވެސް ތަފާތު ދައްކަމުން އަންނަ، މުސްތަޤުބަލު އުޖާލާ ކުޅުންތެރިޔެއް ކަމަށް ވެސް ސިމޯން ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޯގަސްޓު 2024 | ބުދަ 09:21
އެތުލެޓިކޯ އަށް ކުޅެމުން އަންނަ އަލްވަރޭޒް

އެތުލެޓިކޯ އަށް ކުޅެމުން އަންނަ އަލްވަރޭޒް

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްއާ މެދު ފުރިހަމަ އަށް އިތުބާރު އޮންނަ ކަމަށާއި، އޭނާ އާއެކު ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމޯން ބުނެފި އެވެ.

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި އަލްވަރޭޒް ވަނީ ދާދި ފަހުން އެތުލެޓިކޯ އަށް ބަދަލުވެފަ އެވެ. އޭނާ ވަނީ ލީގުގައި އެންމެ ފަހުން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ވަނީ އަލްވަރޭޒް ބަދަލު ކޮށްފަ އެވެ.

އަލްވަރޭޒްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސިމޯން ބުނީ، އަލްވަރޭޒް އަކީ ކިހާ ފެންވަރެއްގެ، އަދި ހުނަރުވެރި ކުޅުންތެރިޔެއްކަން އޭނާ އަށް އިނގޭ ކަމަށެވެ. އަދި ޚާއްސަކޮށް އަލްވަރޭޒްގެ ފަރާތުން އެތުލެޓިކޯ އަށް ލިބޭ ކަންކަމާއި، ކުރާނެ ފައިދާ އަދި ޓީމަށް އަންނާނެ ބަދަލު ވެސް އިނގޭ ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން، އެތުލެޓިކޯ އިން ބޭނުން ވަނީ އަލްވަރޭޒްގެ ކިބައިގައި ހުރި ހުނަރު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަން ކަމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަނެއްކޮޅުން އަލްވަރޭޒް އަކީ މިހާރު ވެސް ތަފާތު ދައްކަމުން އަންނަ، މުސްތަޤުބަލު އުޖާލާ ކުޅުންތެރިޔެއް ކަމަށް ވެސް ސިމޯން ބުންޏެވެ.

ސިމޯން ބުނީ އެކަމަށްޓަކައި ކުރަން ޖެހޭނެ ކަމަކީ، އަލްވަރޭޒް އާއި ޓީމުގެ އެހެން ކުޅުންތެރިންނާ ރަނގަޅު ގުޅުމެއް އުފެއްދުން ކަމަށެވެ. އެހެން ޓީމެއްގައި ހުރެފައި އަލްވަރޭޒް އެތުލެޓިކޯ އަށް އައިއިރު، އެތުލެޓިކޯ ކުޅެމުން އަންނަ ވައްޓަފާޅި އަށް އަލްވަރޭޒް ފެތެން ދުވަސް ކޮޅެއް ނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑްހޫލިއަން އަލްވާރޭޒްޑިއޭގޯ ސިމިއޯނީ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
28 ސެޕްޓެމްބަރު 2025

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި
18 ސެޕްޓެމްބަރު 2025

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ
26 ފެބުރުއަރީ 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

26 ފެބުރުއަރީ 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު
05 ފެބުރުއަރީ 2025

ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު