Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ ޑެލް ރޭ

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

މި ދެ ޓީމުގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ފެބުރުއަރީ 2025 | ބުދަ 06:04
ބާސެލޯނާ އާއި އެތުލެޓިކޯ ބައްދަލު ކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން

ބާސެލޯނާ އާއި އެތުލެޓިކޯ ބައްދަލު ކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ ތެރެއިން

ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑު ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ، ދެ ޓީމު 4-4 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. އޭގެ ފަހުން މެޗުގައި ދެ ލަނޑު ޖަހައިގެން އެތުލެޓިކޯ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ފަސް މިނެޓު ފަހުން އެންޓޮއިން ގްރީޒްމަން ވަނީ ލަނޑު ޖަހައި އެތުލެޓިކޯގެ ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީ ވަނީ ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އޭގެ ދެ މިނެޓު ފަހުން، ބާސެލޯނާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޕައު ސުބާސީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ލީޑު ނަގައިދިނީ އިނީގޯ މާޓިނޭޒް އެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ފަރަގު ކުޑަކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެތުލެޓިކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެގްޒެންޑާ ސޯލޮތު އެވެ.

މި ދެ ޓީމުގެ ފުރަތަމަ ލެގު އެއްވަރުވެފައިވާއިރު، އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ.

ބާސެލޯނާކޮޕަ ޑެލް ރޭއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު