Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

3 ޑިސެމްބަރު 2025 | ބުދަ 03:34

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 33 ޕޮއިންޓެވެ. ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުން މޮޅުވެ، ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2025 | ބުދަ 03:34
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެތުލެޓިކޯ އިންނެވެ. ނަމަވެސް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލެކްސް ބައެނާ އެވެ. އެއީ ނަހުއެލް މޮލީނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ސްޕެއިންގެ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަފީނިއާ އެވެ.

މެޗުގައި ބާސެލޯނާ އިން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނެގީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ. އޭގެ ފަހުން މެޗުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ފެރާާން ޓޮރޭސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައި ވަނީ، އެ މެޗުގައި ބާސެލޯނާގެ ކުޅުން ފެނުނީ އެހެން ފެންވަރެއްގައި ކަމަށެވެ. އެތުލެޓިކޯ އަކީ ވަރަށް ރަނގަޅު އަދި ވަރުގަދަ ޓީމެއްކަން ފާހަގަކޮށް ފްލިކް ބުނީ، އެ ޓީމާ ދެކޮޅަށް ފެނުނީ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މޮޅާ އެކު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގައި ހުރިކަން ފާހަގަ ކުރަމުން ފްލިކް ބުނެފައި ވަނީ، ކުޅުމާ ދުރުގައި ތިބި ކުޅުންތެރިން އެނބުރި އައިސް ޓީމު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ވެސް ބައެއް ކުޅުންތެރިން މުޅިން ފިޓު ނޫން ކަމަށާއި، އެހެންވެ ބަދަލު ތަކެއް ގެންނަން ޖެހުނީ ކަމަށް އޭނާ ބުންޏެވެ. މެޗުގައި ދެއްކި ކުޅުމާއި، ހޯދި ފުރުސަތު އަދި ނަތީޖާ އަކީ ވަރަށް ޕޮސިޓިވް ކަންތައްތަކެއް ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.

މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 33 ޕޮއިންޓެވެ. ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުން މޮޅުވެ، ފަރަގު އެއް ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ އެވެ.

ސްޕެނިޝް ލީގުބާސެލޯނާއެތުލެޓިކޯ މެޑްރިޑް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ

19 އޯގަސްޓު 2026
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ
18 އޯގަސްޓު 2026

ރޮޑްރީ ހުރީ ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ހިމެނޭހެން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމުގެ އުންމީދުގައި

18 އޯގަސްޓު 2026
ރޮޑްރީ ހުރީ ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ހިމެނޭހެން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމުގެ އުންމީދުގައި
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
16 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ
14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
09 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ

09 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
26 ޖުލައި 2026

ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ

26 ޖުލައި 2026
ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ
25 ޖުލައި 2026

ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

25 ޖުލައި 2026
ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް