Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބިލްބާއޯ ކައިރިން އެތުލެޓިކޯ މޮޅުވީ ފަހު ވަގުތު

މެޗުން އެތުލެޓިކޯ މޮޅުވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެންހެލް ކޮރެއާ ޖެހި ލަނޑުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ސެޕްޓެމްބަރު 2024 | އާދީއްތަ 06:07
އެތުލެޓިކޯ އިން ކުޅުނު މެޗުގެ ތެރެއިން

އެތުލެޓިކޯ އިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގަައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބިލްބާއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 1-0 އިންނެވެ.

މެޗުގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެތުލެޓިކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށް ވަނީ އެ ޓީމަށް ލީޑު ނަގައިދޭން ފުރުސަތު ލިބިފަ އެވެ،. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުން އެތުލެޓިކޯ މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެންނެވެ. މެޗުން އެތުލެޓިކޯ މޮޅުވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެންހެލް ކޮރެއާ ޖެހި ލަނޑުންނެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސެންޑާ ސޯލޮތު އެވެ.

ލީގުގައި މިހާތަނަށް އެތުލެޓިކޯ އިން ހަތަރު މެޗު ކުޅެފައިވާއިރު، ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗު އެއްވަރުވެފައިވާއިރު، އަށް ޕޮއިންޓާ އެކު އެ ޓީމު އޮތީ ދެ ވަނައިގަ އެވެ.

ސްޕެނިޝް ލީގުއެތުލެޓިކޯ މެޑްރިޑްއެތުލެޓިކް ބިލްބާއޯ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު