Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކޯ އިން މަޔޯކާ ބަލިކޮށްފި

މޮޅާއެކު އެތުލެޓިކޯ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 48 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2025 | އާދީއްތަ 04:29
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު މޮޅުވެއްޖެ އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން އެެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ހޯދައިދިނީ ސަމުއެލް ލިނޯ އެވެ. އެއީ ޖިއުލިއާނޯ ސިމޯނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިނޯ ޖެހި ލަނޑެކެވެ. މެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް އެތުލެޓިކޯ އިން ވަނީ ތަނަވަސްކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ހޫލިއަން އަލްވަރޭޒް އަދި އެންޓޮއިން ގްރީޒްމަން އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖެހީ ގްރީޒްމަން އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މޮޅާއެކު އެތުލެޓިކޯ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 48 ޕޮއިންޓާ އެކު އެވެ. މިހާތަނަށް 14 މެޗުން އެތުލެޓިކޯ މޮޅުވެފައިވާއިރު، ހަ މެޗު ވަނީ އެއްވަރުވެފަ އެވެ. އަދި ދެ މެޗަކުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ސްޕެނިޝް ލީގުއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
06 އޮކްޓޯބަރު 2025

ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

06 އޮކްޓޯބަރު 2025
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު