Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުން ސަލާމުގައި ތިއްބެވުން

22 މެމްބަރުން ސަލާމުގައި، މީގެތެރެއިން 20 މެމްބަރުން ތިއްބެވީ ދާއިރާތަކުގައި

އެ މެމްބަރުން ވަޑައިގެންނެވިއިރު އާންމު ކޮމިޓީގެ އުސޫލު އޮތީ ފާސް ނުވެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އެޕްރީލު 2021 | ބުދަ 07:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބާއްވާ އެންމެ ފަހު ޖަލްސާ ކަމުގައިވާ ބުދަ ދުވަހުގެ ޖަލްސާއަށް 22 މެމްބަރުން ސަލާމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އާންމުކޮށް ޖަލްސާތައް ފައްޓަވަމުން އިއުލާންކުރައްވާ ހާޒިރީ އިއުލާންކުރައްވާފައެވެ. އެގޮތުން ޖަލްސާ ފައްޓެވިއިރު ޖަލްސާއަށް ވަޑައިގެންތިއްބެވީ 22 މެމްބަރުން ކަމަށާއި ސަލާމުގައި 22 މެމްބަރުން ތިއްބެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރަސްމީ ދަތުރުގައި 2 މެމްބަރުން ތިއްބެވިއިރު ކަރަންޓީނުގައި 3 މެމްބަރުން ތިއްބެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ތިއްބެވީ އެމެމްބަރުންގެ ދާއިރާތަކުގައި ކަމަށެވެ.

މެމްބަރުން ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ގޮތުގައި ކަނޑައަޅަން އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. މަޖިލިސް މެމްބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލިސް އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ އެވެ. އަދި ދަތުރު ކުރެވޭނީ އިދާރާއިން ހުއްދަ ދިނުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މެމްބަރުން ވަޑައިގެންނެވިއިރު އާންމު ކޮމިޓީގެ އުސޫލު އޮތީ ފާސް ނުވެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވެވަޑައިގެންނަވާ ދާއިރާތަކަށް ވަޑައިގަންނަވާފައެވެ. ރިކޯޑް އަދަދަކަށް މިއަދުގެ ޖަލްސާގައި މެމްބަރުން ސަލާމުގައި ތިއްބެވިއިރު މިހަފްތާގެ ޖަލްސާތަކުގެ ހާޒިރީ އެހެން ހަފްތާތަކާއި އަޅާބަލާއިރު ދަށްކަން ފާހަގަވެއެވެ. އެގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި 17 މެމްބަރުން ސަލާމުގައި ތިއްބެވިއިރު މިހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި 13 މެމްބަރުން ސަލާމުގައި ތިއްބެވިއެވެ.

މަޖިލީހުގެ ރައީސް މީގެކުރިން ވިދާޅުވީ މެމްބަރަކު ކެމްޕޭނަށް އެ މެމްބަރެއްގެ ދާއިރާއަށް ވަޑައިގަންނަވަން ބޭނުންނަމަ، މަޖިލީހުގައި އެކަމަށް އެދިއްޖެނަމަ އެމަނިކުފާނު އެކަމެށް ފަހިކޮށްދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު