Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިޤްތިސާދީ ހާލަތު

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

ރާއްޖޭގެ އިޤްތިސާދު އެއްވެސް މިންވަރަކަށް ކުރިއަރާފައެއް ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2017 | އާދީއްތަ 03:34
ޓްރޭޑް ޔޫނިއަންގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ފަލަސުރުހީ ޕްރޮގްރާމްގައި

ޓްރޭޑް ޔޫނިއަންގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ފަލަސުރުހީ ޕްރޮގްރާމްގައި

ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ، އެކި ބިލްތައް ފާސްކޮށް ރައްޔިތުން "ލޫޓުވަމުން" ކަމަށާއި، ޤައުމު މިހާލަތައް ވައްޓާލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަންގަވަންޖެހޭނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރޭޑް ޔޫނިއަންގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިޤްތިސާދު ކުރިއަރާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއިރު، އެއީ އެންމެ ރަނގަޅު ވާހަކަފުޅެއް ނޫން ކަމަށެވެ. އިޤްތިސާދަކީ، ބޮޑު ހިލައާއި، ބަނދަރު މަތީގަިއ ހުންނަ ބާ ދަގަނޑެއް ނޫން ކަމަށާއި، އިޤްތިސާދަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުގެ ފުދުންތެރިކަން ބައްޓަންވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ދަރަނި އިތުރު ވާއިރު އެއީ އިޤްތިސާދު ރަނގަޅުވުން ކަމަށް ނުބުނެވޭނެ ކަމަށާއި، ޤައުމުގެ މިއަދު ހާލަތަށް ބަލާއިރު، އާންމު ރައްޔިތު މީހާ ވަނީ ސަލާންޖަހަންޖެހިފައި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އިޤްތިސާދަށް ވާންޖެހޭނީ، ރައްޔިތު މީހާގެ ޖީބު ތަނަވަސްވާންޖެހޭނެ. ރައްޔިތު މިހާގެ ފުދުންތެރިކަން އިތުރުވާންޖެހޭނެ. އެއީ އަޅުގަނޑުމެން މިކިޔާ އިޤްތިސާދަކީ،" ސައުދުﷲ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ، ރައްޔިތުން "ލޫޓުވާ" ބައެއްކަން ފާހަގަ ކުރައްވައި ސައުދުﷲ ވިދާޅުވީ ސްޓިކާގެ ގޮތުގައި ދައުލަތަށް 150 މިލިއަން ރުފިޔާ ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާސްކޮށްފައިވާ ކަމަށެވެ. މިފަދަ ކަންކަމަކީ ލޫޓުވުން ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީން ބޮޑެތި އިންސްވެޓްމެންޓްތައް ގެންނެވިކަމަށް ވިދާޅުވާއިރު، އެ އިންވެސްޓްމެންޓެއް ފެންނަން ނެތް ކަމަށާއި، އޭގެ ބަދަލުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުކުރަމުން އަންނަ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މި ހުރިހާ ކަމެއް މި ކުރަނީ، މިގައުމުގައި މިހާރު މި ހިންގާ ހުރިހާ ކަމަކަށް މަޖިލީހުގައި ތިއްބެވި މެންބަރުން 100 ޕަސެންޓް ޒިންމާވާން ޖެހޭ، މަޖިލީހަކީ ޒިންމާދާރު ބައެއް ނަމަ، ވެރިމީހާ ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލެއް ނުކުރެވޭނެ، އެބޭފުޅުންގެ ޒިންމާއަކަށް ވެގެން ނުވާނެ ދައުލަތުން ހުށައަޅާ ކޮންމެ ބިލަކަށް ވޯޓް ދޭން، މަޖިލީހަށް މެންބަރުން ޒިންމާދާރު ނަމަ މިއަދު މިގައުމުގައި ބިންވެސް ނުވިއްކޭނެ، ކޮރަަޕްޝަނަކަށް ޖާގައެއް ނޯންނާނެ، ޖުޑީޝަރީ މި ދަރަޖައަށް ނުދިޔައީސް, ނުބައިކޮށް ހުކުމެއް ވެސް ނުކުރެވޭނެ،" ސައުދުﷲ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު