Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމް މެމްބަރުން އިތުރުކުރު

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

މިއީ 150،000 މެންބަރުން އިތުރު ކުރުމަށް ފަށައިގެން އުޅޭ ހަރަކާތެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 16:24
ޕީޕީއެމް މެމްބަރުން އިތުރުކުރުން

ޕީޕީއެމް މެމްބަރުން އިތުރުކުރުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ މެންބަރުން އިތުރު ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހޮނިހިރު ދުވަހު އެޕާޓީން ފަށައިފި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްނެންގެވުމުގެ ދަށުން ޕާޓީ މެންބަރުން އިތުރު ކުރުމަށް ފަށާފައިވާ ޚާއްސަ ކެމްޕެއިންގެ ދަށުން، ހޮނިހިރު ދުވަހު ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މެމްބަރުން އިތުރު ކުރުމަށް ހަރަކާތްތެރިވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން މާލޭގެ ބައެއް ސްކޫލުތައް ކަމަށްވާ ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގައިވެސް ވަނީ ޕީޕީއެމް މެންބަރުން އިތުރު ކުރުމަށްޓަކާއި ހަރަކާތްތެއް ކުރިއަށްގެންދަމުންނެވެ.

މީގެ އިތުރުން މަގުތަކުގަ އާއި މާލޭގެ އެކި ހިސާބުތަކުގެ ގެތަކަށް ގޮސް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މި ހަރަކާތަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އަށް 150،000 މެމްބަރުން ހަމަކުރުން އަމާޒަކަށް ކަނޑައަޅައި، މެމްބަރުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ޕީޕީއެމްގެ އޮފީސް، ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެ ޕާޓީން ކުރިމަތިލާނީ 150،000 މެމްބަރުންނާއެކު ކަމަށެވެ.

އެރޭގެ ޖަލްސާގައި ޕީޕީއެމްގެ އިތުރު މެންބަރުންވެސް ވަނީ އެޕާޓީއަށް މެންބަރުން އުތުރު ކުރުމަށްޓަކާ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރައްވަމުންގެންދާ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

މި ކެމްޕޭނުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ އޮފީހުން އިންތިޒާމުކޮށްގެން، ހޮނިހިރު ދުވަހު 10،000 މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެންމެ ގިނަ ފޯމް ހޯދާ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓާއި ތިން ދުވަހުގެ ހުރުން ދޭއިރު، ދެ ވަނަ އަދި ތިން ވަނަ އަށް ވެސް ބެންކޮކް ދަތުރެއް ދެއެވެ. މީގެ އިތުރުން 300 ފޯމް ހަމަކުރާ ކޮންމެ މީހަކަށް 7،500 ރުފިޔާ ހުށަހަޅާފައިވާ ކަމަށް މިކެމްޕޭނުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެމްބަރަކު ވަނީ ބުނެފަ އެވެ.

މި ކެމްޕޭނަށްޓަކައި މިނިސްޓަރުން ވެސް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. މިނިސްޓަރުންގެ އިތުރުން ކުންފުނިތަކުގެ ވެރިންނާއި ލީޑަރުންގެ ގޮތުގައި އެހެން ބައެއް މުވައްޒަފުން އެ ގްރޫޕްތަކުގައި ހަރަކާތްތެރިވެ އެވެ.

ޕީޕީއެމްގެ މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ފަށާފައިވާ އިރު ޕީޕީއެމް ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެގޮތުން ރައީސް ޔާމީން ޕެކްޝަނާއި ކުރީގެ ރައީސް މައުމޫން ފެކްޝަނެއް ޕާޓީގެ ތެރޭގައި އުފެދިފައިވާ އިރު މައުމޫން ފެކްޝަނުން ދަނީ ފާޅުގައި ސަރުކާރުން ނިންމާ ނިންމުންތަކަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު