Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017 | އާދީއްތަ 18:13

ޕީޕީއެމްގެ ރައީސްއަށް ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލު ނުކުރެވޭނެ ސަބަބެއްނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖެނުއަރީ 2017 | އާދީއްތަ 18:13
ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް މައުމޫން

ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް މައުމޫން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ އާއްމު މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގި އެންގުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހަޅައިފި އެވެ.

ތިރީސް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫންގެ އޮފީހުން އެޗްއާރުސީއެމަށް ފޮނުވާފައިވާ ސިޓީގައި ވަނީ ޕީޕީއެމްގެ ރައީސް އޮފީހުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވަން މަސައްކަތްކުރި ބައްދަލުވުން ނުބޭއްވުނީ ފުލުހުންގެ އޮފިސަރުން ކަމަށްވާ އިންސްޕެކްޓަރ އަހުމަދު އިބްރާހީމާއި ސްޓާފް ސާރޖެންޓް އިބްރާހީމް ފަލާހު، "ފޯމަރ ޕްރެސިޑެންޓް އޮފީސް"އަށް ވަޑައިގެން ބައްދަލުވުން ނުބޭއްވޭނެ ކަމަށް އެންގުމުން ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެސިޓީގައި ވަނީ އެ ބައްދަލުވުމަކީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ އެދިވަޑައިގަތުމުގެ މަތިން ސިލްސިލާކޮށް އެކި ރޭތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައްދަލުވުންތަކެއް ކަމަށެވެ. އެގޮތުން ބާއްވަން ނިންމި ބައްދަލުވުންތަކުގެ ތެރެއިން އެ ރޭ ބާއްވަން ނިންމި ބައްދަލުވުން ދެ ފުލުސް އޮފިސަރަކު ވަޑައިގެން އެބައްދަލުވުން ނުބޭއްވޭނޭ ކަމަށް އަންގާފައިވާތީ އެބައްދަލުވުން ނުބާއްވާ ކަމަށް އެސިޓީގައި ވެއެވެ.

ރައީސް މައުމޫންގެ އެސިޓީގައި ވަނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ ބުނާ ގޮތުން، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެއްވެސް މުއައްސަސާ އަކުން އެކަމަށް ހުރަސް ނޭޅޭނެ ކަމަށް ވެސް ރައީސް މައުމޫންގެ އެސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނުގެ އޮފީހުގެ އެސިޓީގައި ވަނީ ޕީޕީއެމްގެ ރައީސް އަށް ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެބައްދަލުވުން ބޭއްވުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްއިރު، އެބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންގުމަކީ ގާނޫނާ ހިލާފަށް އެންގި އެންގުމެއް ކަމަށާއި މި މައްސަލަ ބައްލަވާ ދެއްވުމަށް އެދޭ ކަމަށް ރައީސް މައުމޫން އެޗްއާރުސީއެމަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް