Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

މެމްބަރުން ހޯދާ ފަރާތްތަކަށް ފައިސާ ލިބޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2017 | ހުކުރު 10:45
ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އަށް 150،000 މެމްބަރުން ހަމަކުރުން އަމާޒަކަށް ކަނޑައަޅައި، މެމްބަރުން ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމާއި ބެންކޮކް ދަތުރު ދޭއިރު، މަޖުބޫރުކޮށްގެން ޕާޓީއަށް މީހުން ވެއްދުން ވެސް ކުރިއަށްދާ ކަމަށް ރާއްޖެ އެމްވީއަށް އެނގިއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ޕީޕީއެމްގެ އޮފީސް، ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެ ޕާޓީން ކުރިމަތިލާނީ 150،000 މެމްބަރުންނާއެކު ކަމަށެވެ.

Advertisement - newsAdvertisement

މި ކެމްޕޭނުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ އޮފީހުން އިންތިޒާމުކޮށްގެން، ހޮނިހިރު ހަވީރު 5:00 އަށް 10،000 މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ގިނަ ފޯމް ހޯދާ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓާއި ތިން ދުވަހު ހުރުން ދޭއިރު، ދެ ވަނަ އަދި ތިން ވަނަ އަށް ވެސް ބެންކޮކް ދަތުރެއް ދެއެވެ. މީގެ އިތުރުން 300 ފޯމް ހަމަކުރާ ކޮންމެ މީހަކަށް 7،500 ރުފިޔާ ހުށަހަޅާފައިވާ ކަމަށް މިކެމްޕޭނުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެމްބަރަކު ބުންޏެވެ.

މި ކެމްޕޭނަށްޓަކައި މިނިސްޓަރުން ވެސް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. މިނިސްޓަރުންގެ އިތުރުން ކުންފުނިތަކުގެ ވެރިންނާއި ލީޑަރުންގެ ގޮތުގައި އެހެން ބައެއް މުވައްޒަފުން އެ ގްރޫޕްތަކުގައި ހަރަކާތްތެރިވެ އެވެ.

ޕީޕީއެމްއަށް މެމްބަރުން ވެއްދުމުގެ ވާދަވެރިކަން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މެދުގައި ބޮޑުވެ، ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްކުން ބުނެފައިވެ އެވެ.

މީގެ އިތުރުން ބައެއް ކުންފުނިތަކުގައި، 1،000 ފޯމް ހަމަކޮށްފި ނަމަ އެ މީހަކަށް ޕްރޮމޯޝަން ވެސް ދޭކަމަށް ވެސް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހަލީލް ފޯން ނުނަންގަވާތީ، މިކެމްޕޭނާ ގުޅޭ ގޮތުން އެ ޕާޓީގެ ރަސްމީ ބަހެއް ނުލިބެ އެވެ.

ޕީޕީއެމް ދެ ފެކްޝަނަށް ބެހިފައިވާއިރު، އެ ޕާޓީގެ ބާނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި މިހާރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެމެދު ގުޅުން ކެނޑި، ސިޔާސީ "ތަޅާފޮޅުން" ވަނީ ފެށިފަ އެވެ. ކޯޓް މެދުވެރިކޮށް ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީން ހޯއްދެވިއިރު، ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އަދި އެ ބޭފުޅެއްގެ ހިޔަނީގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ރައީސް މައުމޫން ވަނީ، ރައީސް ޔާމީނަށް ކުރައްވާ ތާއިދު އަނބުރައި ގެންދަވައިފަ އެވެ.

އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީން ކުރަމުން ގެންދަނީ ޚުދުމުހްތާރު ވެރިކަމެކެވެ. ވެރިކަމަށް ވަޑައިގަތުމާއެކު 2018 ގެ ކެމްޕޭން ވެސް ރައީސް ޔާމީން ފެއްޓެވިއިރު، ހުރިހާ ވާދަވެރިން ވަނީ ޖަލަށް ލައިފަ އެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ކުރީގެ ރައީސް މައުމޫނަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

ރައީސް ޔާމީން ވެރިކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެ މަނިކުފާނުގެ މައްޗަށް ތުހްމަތުކުރާ ހިޔާނާތުގެ މައްސަލަތައް ތަހްގީގެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު