Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީގެ ނޫސްވެރިންގެ ޝަރީ

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ފަސްކުރީ ގާޒީ އާރިފް ސަލާމުގައި ހުންނެވުމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2017 | ހޯމަ 15:06
ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު: ނުހައްގު އަދަބެއް ދިނުމުގެ ކުރިން ސަލާމަތް ކޮށްދިނުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފައި

ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު: ނުހައްގު އަދަބެއް ދިނުމުގެ ކުރިން ސަލާމަތް ކޮށްދިނުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފައި

މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމާ ގުޅިގެން، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާ ކަމަށް ބުނެ ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

ޒަރީރުގެ މައްޗަށް ހުކުމް އިއްވުމަށް ހޯމަ ދުވަހުގެ މެންދުރު 2:00 އަށް އަޑުއެހުމެއް ތާވަލުކުރި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސަލާމުގައި ހުންނެވުމާ ގުޅިގެން ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ. ހޯމަ ދުވަހުގެ އަޑުއެހުން ފަސްކުރުމަށް ފަހު ޒަރީރަށް ހުކުމް ކުރުމަށް އަންނަ ފެބްރުއަރީ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

Advertisement - newsAdvertisement

ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގުޅުނު ކަންމަތި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދަގައި ޖަހާފައިވާ ފުލުހުން ޝީލްޑްތައް ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

ޒަރީރު ވަނީ އެ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ދައުވާ އަށް ޒަރީރު އިންކާރު ކޮށްފައިވާތީ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ފުލުހުންތަކެއް ހުށަހަޅާފަ އެވެ. ދައުވާ އިން ދިފާއުވުމަށް ޒަރީރުގެ ފަރާތުން ވެސް ހެކި ހުށަހެޅި އެވެ.

އެ ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި އެންމެ ފަހުން އެޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަނީ ދެފަރާތުގެ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހެޅި ޚުލާސާ ބަޔާނުގައި ބުނެފައިވަނީ، ފުލުހުންގެ ދައުރަށް ދަތިކުރުމުގެ އަމަލެއް ޒަރީރު ނުހިންގާ ކަމަށް ދިފާއީ ހެކީން ބުނީ އެކުވެރިޔަކު ސަލާމަތްކުރަން ކަމަށެވެ. އަދި އެ ފަރާތްތަކުން ދިނީ ދޮގު ހެކި ބަސް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ސާބިތުވާ ކަމަށެވެ.

ޒަރީރުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ފޫޓޭޖުން ދިފާއީ ހެކީންގެ ހެކި ބަހަށް ބާރު ލިބޭ ކަމަށެވެ.

އެގޮތުން އެ ވީޑިއޯ އިން ފެންނަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސްއަޅައިގެން ނޫސްވެރިކަމުގެ މަސައްކަތް ކުރާ މަންޒަރުކަން ފާހަގަކުރައްވަމުން ހަސީން ވިދާޅުވީ ދައުވާގައި ބުނާ ފަދަ އެއްވެސް ކަމެއް ޒަރީރު ކުރާ މަންޒަރެއް އެ ވީޑިއޯ އިން ނުފެންނަ ކަމަށެވެ.

ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ފުލުހުންގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވާ ހަސީން ވަނީ، އެ ދައުވާ އަކީ ޒަރީރުގެ މައްޗަށް ސާބިތުނުވާ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

ޒަރީރުގެ މައްޗަށް އިއްވާއިރު، ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ހުކުމް ކުރުން މިމަހުގެ 24 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލައިގައި ޑިސެމްބަރު 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ވިސާމާއި ލީވާންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. ވިސާމުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ، ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ހެކި ބަސް ނެގުމަށް ބުދަ ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ކޮށްފައިވާ ގައިގައި އަތްލުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ހުކުމް ކުރުން ތާވަލުކޮށްފައިވާއިރު، ރާއްޖެޓީވީން ވަނީ ނުހައްގު އަދަބެއް ދިނުމުގެ ކުރިން ނޫސްވެރިން ސަލާމަތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ގޮވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު