Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

އެލައިޑުން އެކަށީގެންވާ ގޮތެއްގައި ހިދްމަތް ނުލިބޭ ކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ފެބުރުއަރީ 2017 | ބުރާސްފަތި 14:31
ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން--

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން--

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ކަންކަން މިހާތަނަށް ގޮސްފައިވާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ކަންތައް ހަމަޖައްސަން އިންޝުއަރެންސް ކުންފުންޏަކާ ހަވާލުކުރުމަށްޓަކައި މަޖިލީހުން ކޮށްފައިވާ އިއުލާނަކާ ގުޅިގެން އެކަމަށް އެދި ޕްރޮޕޯޝަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަނޑައެޅުމަށްޓަކައި އާއްމު ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމެޓީގެ މެމްބަރުން ވަނީ މިހާތަނަށް މަޖިލީހުގެ މެމްބަރުންގެ އިންޝުއަރެންސް ހިދuމަތް ލިބިފައިވަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަން ފާހަގަކޮށްފައެވެ.

އާއްމު ކޮމެޓީގެ މެމްބަރުން ވިދާޅުވީ މަޖިލީސް މެމްބަރުންގެ ހެލްތު އިންޝުއަރެންސް ހިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ލިބޭ ކަމަށް ރައްޔިތުންގެ ހީވެފައި އޮންނަ ކަމަށާއި ބައެއް ރައްޔިތުން އެކަމާ ހިތްމަނުޖެހިގެން އެވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް ކަން އޮތީ އެގޮތަށް ނޫން ކަމަށާއި މެމްބަރުންނަށް އިންޝްއަރެންސްގެ ހިދްމަތް ރަނގަޅަށް ނުދެވޭ ތާނގާއި އެވަރުގެ ބަދުނާމެއް ބޭނުން ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

އެގޮތުން އިންޝުއަރެންސްގެ ހިދްމަތް ރަނގަޅަށް ނުދެވޭ ނަމަ އާއްމު ރައްޔިތުންނެކޭ އެއްފަދައިން އައިޑީ ކާޑް ބޭނުން ކޮށްގެން އާސަންދައިން މެމްބަރުންގެ ބޭސްފަރުވާ ކުރުން ވެސް މާރަނގަޅު ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ހެލްތު އިންޝުއަރެންސްގެ ހިދްމަތް މިހާތަނަށް ފޯރުކޮށްދީފައި ވަނީ އެލައިޑް އިންޝުއަރެންސް އިންނެވެ. މިފަހަރު ވެސް އެލައިޑުން ޕްރޮޕޯޝަލް ހުށަހަޅާފައިވާއިރު، ދެން ހުށަހަޅާފައިވަނީ މުޅިން އަލަށް ހުށަހެޅި ސޮލަރެލް އިންޝުއަރެންސް ކިޔާ ކުންފުންޏަކުން ކަމަށް މަޖިލީހުން ބުނެއެވެ.

އާއްމު ކޮމެޓީގެ ބައްދަލުވުމުން ނިންމާފައިވަނީ އާއްމު ކޮމެޓީން ނަގާފައިވާ ތިން މެމްބަރުންގެ ކުޑަ ކޮމެޓީން އެ ޕްރޮޕޯޝަލްތައް ދިރާސާ ކުރުމަށާއި އެ ކުންފުނިތަކާ މަޝްވަރާ ބޭނުންވެއްޖެ ހިނދެއްގައި އެކުންފުނިތަކާއެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު