Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމްގެ ކޯޅުންތައް

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، މީޑިއާއަށްވެސް ދައުވަތުނުދެއްވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2017 | އަންގާރަ 01:43
ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ޕީޕީއެމްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން

ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ޕީޕީއެމްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ބައްދަލުކުރުން މަނާކޮށްފައިވަނިކޮށް، ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް އެ ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް މައުމޫނު ޕީޕީއެމްގެ އާންމު މެމްބަރުންނާއި ބައްދަލުކުރައްވާފައިވަނީ ހޯމަ ދުވަހުގެ ރޭ ގައެވެ. އެ ބައްދަލުވުމުގައި ޕާޓީގެ އާންމު މެމްބަރުން ބައިވެރިވެފައިވެއެވެ. ރައީސް މައުމޫނު އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، ޕީޕީއެމްގެ ރައީސްގެ އޮފީސްކަމަށްވާ، ހ. ތެމާގަ އެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، މީޑިއާއަށްވެސް ދައުވަތު ނުދެއްވައެވެ. ރައީސް މައުމޫނުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ އިސް އޮފިޝަލަކު ރާއްޖެޓީވީއަށް މައުލޫމަތު ދެއްވަމުން ބުނީ، މީޑިއާއަށް ދައުވަތު ނުދެއްވާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުން ހުރަސްއަޅާތީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބައްދަލުވުމުގައި ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުންވެސް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕާޓީގެ ހަރާކާތްތައް އިތުރުކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިފަދަ ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫނުގެ ދަރިކަނބަލުންކަމަށްވާ، ޔުމްނާ މައުމުނާއި، ދަރިކަލުން އަހުމަދު ފަރިޝް މައުމޫނު ބައިވެރިވެވަޑައިގެންފައިވެއެވެ. ނަމަވެސް މިހާރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫނައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން މައުމޫނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ދެ ބޭފުޅުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ.

މީގެކުރިން ރައީސް މައުމޫނު ޕީޕީއއެމްގެ މެމްބަރުންނާއި ބައްދަލުކުރުމަށް މަސައްކަތްކުރެއްވުމުން އެކަމަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ. އަދި ފުލުހުން ވަނީ އެ ބައްދަލުވުން ނުބޭއްވޭނެ ކަން އަންގާފަ އެވެ. "ޕީޕީއެމްގެ ދިރުން، މެމްބަރުންގެ ހިޔާލު"ގެ ނަމުގައި ރައީސް މައުމޫން ބާއްވަން އުޅުއްވި ހަފުލާ ނުބޭއްވޭނެކަން އޭރު ފުލުހުން އެންގީ މައުމޫން ފައުންޑޭޝަންގެ އޮފީސް ހިންގާ ހ. ފުލިދޫގެ އަށް ފުލުހުންގެ ޓީމެއް ގޮސްގެންނެވެ. އެ މައްސަލަ ރައީސް މައުމޫނުގެ ފަރާތްޕުޅުން މިހާރު ވަނީ އެޗްއާރުސީއެމްއަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު