Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް

ރާއްޖޭގައި ވެކްސިން ދޭންޖެހޭ އާބާދީގެ 57 އިންސައްތައަށް ފުރަތަމަ ޑޯޒް ދީފި

ރާއްޖޭގައި ކޮވިޑް-19 ވެކްސިންދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އެޕްރީލު 2021 | އަންގާރަ 16:33
ރާއްޖޭގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

ރާއްޖޭގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭންޖެހޭ އާބާދީގެ 57 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އެކަން ހާމަކޮށް ވަނީ ޓްވީޓެއްކޮށްފައެވެ. އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 251،139 މީހަކަށް ވަނީ ދީފައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ޖަހާފައިވަނީ އިންޑިޔާއިން ދިން ކޮވިޝީލްޑް ވެކްސިނެވެ. އެވެކްސިންގެ ދެ ލައްކަ ޑޯޒް ހުސްވަންދެން ރާއްޖޭގައި އެވެކްސިން ޖަހާފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި މަރޗް މަހުގެ 15 ވަނަ ދުވަހާ ޖެހެންދެން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުން އައުމަށްފަހު ވެކްސިން ދިނުން މެދުކަނޑާލިއެވެ. އެއަށްފަހު މާލެ ސަރަހައްދުގައި ފުރަތަމަ ޑޯޒް ޖަހަންފެށީ މަރޗް މަހުގެ 23 ވަނަ ދުވަހުއެވެ. ދެން މާލެ ސަރަހައްދުގައި ޖަހަން ފަށާފައިވަނީ ޗައިނާގެ ސިނޮފަރމް ވެކްސިނެވެ. މިވެކްސިންގެ ދެ ލައްކަ ޑޯޒް ވަނީ ލިބިފައެވެ.

މީގެއިތުރުން ރާއްޖެއަށް ވަނީ ފައިޒަރ ވެކްސިންގެ 5500 ޑޯޒް ލިބިފައެވެ. އެޗްޕީއޭއިން ވަނީ މިވެކްސިން ޖަހާނީ ވަކި ޚާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނިކަން ހާމަކޮށް އެފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ފައިޒަރ ވެކްސިން ޖަހާނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށާއި ވެކްސިން ޖަހާނީ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް މިހާރު އަންނަނީ އެވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަމުންނެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާ ފަހުންނެވެ. ދެ ވަނަ ޑޯޒް ޖަހަން ފަށާފައިވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. މިހާތަނަށް ދެ ވަނަ ޑޯޒް 5753 މީހަކު ވަނީ ޖަހާފައެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު