Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާމިކް ޔުނިވާސިޓީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ފުރަތަމަ އަހަރުގެ ފޮތް ބަޔަށް 1.7 މިލިޔަން ރުފިޔާ ހަރަދުވާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2017 | އާދީއްތަ 16:25
އިސްލާމިކް ޔުނިވާސިޓީގެ ޗާންސިލާ ޑރ ޝަހީމް

އިސްލާމިކް ޔުނިވާސިޓީގެ ޗާންސިލާ ޑރ ޝަހީމް

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް އިސްލާމިކް ޔުނިވާސިޓީން ފަށުމަށް ނިންމާފައިވާ ކަމަށް ޔުނިވާސިޓީގެ ޗާންސިލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ނިންމާފައިވާ މި ޕްރޮގުރާމ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވީ އަރަބި ބަސް އުނގަންނައި ދިނުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ރާއްޖޭގެ މާޙައުލާއި ސަގާފަތާއި، ޙަޟާރަތާ ގުޅޭ ގޮތުން، ރާއްޖޭއާ ގުޅޭ ފިލާވަޅުތައް ހިމަނައިގެން ފޮތް ބައެއް ތައްޔާރުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން ބޭރުގެ ކަމާބެހޭ ތަޖުރިބާާކާރަކު ގެނެސްގެން، މިކަމަށް ބޭނުންވާ އެންމެހާ ޕްރޮގްރާމެއް އެކުލަވާލައި، އެންމެހާ އައުޓްލައިންތައް ނިންމާފައިވާ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. މި މުޤައްރަރުތައް ބިނާވެގެންވަނީ ވާހަކަދެއްކުމުގެ ހުނަރާއި، އަޑުއެހުމުގެ ހުނަރާއި، ލިޔުމާއި ކިޔުމުގެ ހުނަރު ދަސްކޮށްދޭ ގޮތަށް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި މި މުޤައްރަރުތައް ޚާއްޞަ ވެގެންވާ ސަބަބަކީ މި މުޤައްރަރުތަކުގެ ދިވެހި ރާއްޖޭގެ ތަންތަނާއި ތާޜީޚާ ގުޅޭ ފިލާވަޅުތައް ހިމަނާފައިވުމުން ކަމަށް ޗާންސިލާ ވިދާޅުވިއެވެ.

އަރަބި ބަސް އުނގަނައި ދިނުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މި ސިލްސިލާގެ 43 ފޮތް ލިޔުމަށް ގަސްދުކުރަނީ ބޭރުގެ ކަމާބެހޭ ތަޖުރިބާކާރު މުއައްސަސާއަކާ ޙަވާލުކޮށްގެން ކަމަށާއި މިގޮތުން ފޮތް ލިއުމާއި، ފޮތުގެ ލޭއައުޓް ހެދުމާއި، ޒަމާނާގުޅޭ ރަނގަޅު ފެންވަރަކަށް ފޮތް ސެޓް ތައްޔާރުކޮށް، ޗާޕަށް ރެޑީ ފޮތްބައެއް ތައްޔާރުކޮށް 2018 ގައި ކިޔަވާދޭން ފެށޭވަރަށް ނިމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ފުރަތަމަ އަހަރުގެ ފޮތް ބަޔަށް 1.7 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗާންސިލާ ވިދާޅުވި ގޮތުގައި މިއީ މި ގޮތުން ޢަރަބި ބަސް ދިރުވުމަށް މި ފަހުގެ ތާރީޚުގައި ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު މަޝްރޫއުއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭނެ މަޝްރޫޢެކަށް ވެގެންދާނެ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

މަޝްރޫޢުގައި ހިމެނޭ ޕްރޮގްރާމްތައް:

  1. ޑިޕްލޮމާ އިން އެރަބިކް ލޭންގުވިޖް ފޯރ ރިލިޖަސް ޕާޕޯސް

މިޕްރޮގްރާމުގެ މަޤުޞަދަކީ:

  • ޢަރަބިބަހުން ވާހަކަ ދެއްކެވޭ މިންވަރަށް އިމާމުންނަށް ޢަރަބި ބަސް އުނގަންނައި ދިނުން.
  • ޢަރަބި ބަހުން ވާހަކަ ދައްކަން އެނގޭ މިންވަރަށް އިސްލާމް މުދައްރިސުންނަށް ޢަރަބި ބަސް އުނަގައި ދިނުން.
  • ޢަރަބި ބަހުން ވާހަކަ ދައްކަން އެނގޭ މިންވަރަށް ފަނޑިޔާރުންނަށް ޢަރަބި ބަސް އުނގަނައި ދިނުން.
  • ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ ދަލީލުތަކުގެ މާނަ އަމިއްލައަށް ދަނެގަނެވޭ ވަރަށް ޢަރަބި ބަސް ދަސްކޮށްދިނުން.
  1. ޑިޕްލޮމާ އިން އެރެބިކް ލޭނގުވިޖް ފޯ ޖާނަލިޒަމް އެންޑް މީޑިއާ

މި ޕްރޮގްރާމުގެ މަޤުޞަދަކީ،

  • ނޫސްވެރިންނަށް ޢަރަބި ބަހުން މުޢާމަލާތުކުރެވޭ ވަރަށް ޢަރަބި ބަސް ދަސްކޮށްދިނުމެވެ.
  • ޢަރަބި ދުނިޔެެއާއި އިސްލާމީ އުންމަތުގެ ނޫސްވެރިކަމާ ބެހޭ މުއްސަސާތަކާ ރާއްޖޭގެ މުއްސަސާތަކާ ގުޅުވައި ދިނުމެވެ.
  • ނޫސްވެރިންނަކީ ޢަރަބި ބަހަށް އަހުލުވެރި ބަޔަކަށް ހެދުމެވެ.
  1. ޑިޕްލޮމާ އިން އަރަބިކް ލޭންގުވިޖް ފޯ ބިޒްނަސް އެންޑް މާރކެޓިން.

މި ޕްރޮގްރާމުގެ މަޤުޞަދަކީ،

  • ދިވެހިރާއްޖެއަށް އަލަށް ހުޅުވިގެންދާ ޢަރަބި ޤައުމުގެ އިޤުތިޞާދާ ގުޅުންހުރި ދާއިރާތަކަށް ދިވެހިން ބިނާކުރުމެވެ.
  • ދިވެހިންނަކީ އިޤުތިޞާދާ ގުޅޭ ދާއިރާތަކުން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމެވެ.
  • ދިވެހިރާއްޖެއަށް އިތުރު އިންވެސްޓްމެންޓް ހޯދުމަށް ދިވެހިންނަށް މަގުތައް ފަހިކޮށްދިނުމަށް ތައްޔާރުކޮށްދިނުން.
  • ދިވެހިރާއްޖޭގެ ވިޔަފާރި ޢަރަބި ދުނިޔެއަށް މާކެޓްކޮށްދޭނެ ފަރާތްތަށް ބިނާކުރުން.
  1. ޑިޕްލޮމާ އިން އެރެބިކް ލޭންގުވިޖް ފޯ ޑިޕްލޮމަސީ

މި ޕްރޮގްރާމުގެ މަޤުޞަދަކީ،

  • ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޢަރަބި ބަސް އުނގަންނައި ދިނުން.
  • ޢަރަބި ޤައުމުތަކުގެ ހުންނަ ދިވެހި އެމްބަސީތަކަށް މީހުން ބިނާކުރުން.
  • ބައިނަލްއަޤުވާމީ ޢަރަބި މުއައްސަސާތަކާ މުޢާމަލާތުކުރުމަށް މަގު ފަހިކުރުން.
  1. ޑިޕްލޮމާ އިން އެރެބިކް ލޭނގުވިޖް ފޯ ޓުވަރިޒަމް އެންޑް ހޮސްޕިޓަލިޓީ.

މި ޕްރޮގްރާމުގެ މަޤުޞަދަކީ،

  • ދިވެހިރާއްޖޭގެ ޓުވަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަށް ޢަރަބި ބަހަށް އަހުލުވެރިކުރުވުން.
  • ޢަރަބި ޓުވަރިސްޓުންނާ މުޢާމަލާތުކުރާނެ ދިވެހި ގައިޑުން ތައްޔާރުކުރުން.
  • ޢަރަބި ޓްރެވަލް އެޖޭންސީ ތަކާ މުޢާމަލާތުކުރާނެ ދިވެހިން ބިނާކުރުން.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު