Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޔަރމަނުން ތަމްރީނު ކުރުން

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

މި ކޯހުގައި ރިސޯޓުގެ 15 މުވައްޒަފަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފާވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 4 ފެބުރުއަރީ 2017 | ހޮނިހިރު 12:58
ފަޔަރމަނުން ތަމްރީނު ކުރުން

ފަޔަރމަނުން ތަމްރީނު ކުރުން

ރާއްޖޭގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާ ކަމަށާއި އަލިފާން ނިއްވުމުގައި ހަރަކާތްރިވާ ފަޔަރމަނުންތަކެއް ތަމްރީނުކޮށް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގައި ހިމެނޭ ކަނުހުރާ މޯލްޑިވްސް ރިސޯޓްގެ މުވައްޒަފުންނަށް، ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގާ ކޯސް ނިންމި ފަރާތްތަކަށް ސެތްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާނެ ފަޔަރމަނުންތަކެއް ތަމްރީނުކޮށް، އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި ސިފައިންނަކީ، އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ޤައުމީ ވާޖިބަށް އިސްކަންދޭ، ތެދުވެރި ހިތްވަރުގަދަ ބައެއް ކަމަށާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމަށްޓަކާއި ބޭނުންވާ ތަމްރީނުތައް ސިފައިން މިހާރު ވެސް ހަދަމުންދާ ކަމަށެވެ.

ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ރައްޔިތުންނާއި މުދާ ސަލާމަތްކުރުމުގައި ދިވެހި ރައްޔިތުންނަށް ވެދެއްވެންއޮތް ފުރިހަމަ އެހީތެރިކަން އެމްއެންޑީއެފުން އަބަދުވެސް ވެދެއްވަމުން ގެންދާނެ ކަމުގެ ޔަޤީން ކަން ޑިފެންސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މި ކޯހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު