Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މި ރައީސް ޕްރޮގްރާމް

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދު ޚުދު ސަރުކާރަށްވެސް ނޭނގޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 03:50
މެންބަރު ޣަފޫރު މިރައީސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

މެންބަރު ޣަފޫރު މިރައީސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދު ޚުދު ސަރުކާރަށްވެސް ނޭނގޭ ކަމަށާއި އާބާދީގެ ނިސްބަތުން ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަކަށް 140,000 ރުފިޔާގެ ދަރަންޏެއް ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހުކުރު ދުވަހުގެރޭ ގެނެސްދިން "މިރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމުގެ ގޮތުން ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވަމުން ޣަފޫރު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ބަޔާނަކުން ރައްޔިތުންނަށް އުފާވެރިކަމެއް، އުއްމީދެއް ލިބިގެން ނުދިޔަ ކަމަށެވެ. އެއާ ޚިލާފަށް ރައްޔިތުންނަށް ލިބެނީ މާޔޫސްކަމާއި ނިކަމެތިކަން ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެކަމުގެ އެއް ސަބަބެއްގެ ގޮތުގައި ޣަފޫރު ވިދާޅުވީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިފައިވުން ވުމެވެ.

"އާބާދީގެ ނިސްބަތުން ކޮންމެ ބޮލަކަށް 140,000 ރުފިޔާ މިއަދު ވަނީ ޖެހިފައި. މިހެންވާން ޖެހެނީ ސަރުކާރުން ނަގާ ބޮޑު ލޯނުގެ ސަބަބުން. ޚުދު ސަރުކާރަށް ވެސް ނޭނގޭ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދު. ދެވިފައިވާ ސޮވެރިން ގެރެންޓީގެ އަދަދު ނޭނގޭ ހަމަ އެއްގޮތަކަށް ވެސް. މިއީ ރައްޔިތުންގެ ބޮލުގައި އެޅެމުންދާ ބޮޑު ދަރަންޏެއް. މިދަރަނިން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ" ޣަފޫރު ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ ރިޔާސީ ބަޔާނަކީ އެއްވެސް އަމާޒެއް ނެތް އަދި އެއްވެސް ކަހަލަ އޮއްޓަރެއް ނެތް ބަޔާނެއް ކަމަށެވެ. ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި އެ ވިދާޅުވިހާ ކަންތައް ތަކެއް މި ޤައުމުން ނުފެންނަ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު