Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދުވަމުންދާ ދަރިން

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ގައުމު މިހާލަތަށް އައިސްފައި ވަނީ ސްކޫލްތަކުގައި އަހުލާގުގެ ބައި ނެތުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 ފެބުރުއަރީ 2017 | ހުކުރު 22:00
އޭސީސީގެ ރައީސް ހަސަން ލުތުފީ

އޭސީސީގެ ރައީސް ހަސަން ލުތުފީ

ދިވެހިރާއްޖޭގައި މިހާރު ނަޒާހަތްތެރި އިހުލާސްތެރި ދަރިން މަދުވަމުންދާ ކަމަށާއި ހުރިހާ އެންމެ ގުޅިގެން އެކަމުގެ ދިރާސާއެއް ކުރަންޖެހޭ ކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަންގެ ރައީސް ހަސް ލުތުފީ ވިދާޅުވެއްްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީއަށް އަގުހުރި ހިދުމްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންނަށް އެވޯޑް ދިނުމަށް އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގައި ބާއްވާ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ލުތުފީ ވިދާޅުވީ ތަޢުލީމް ދީގެން ކިތަންމެ މޮޅު ބަޔަކު އުފެއްދިދާނެ ކަމަށާއި ނަމަވެސް ރަނގަޅު ތަރުބީއްޔަތެއް ނުދެވި ހާސިލްކުރާ ނުވަތަ ދެވޭ ތަޢުލީމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ދެވޭ ތަޢުލީމަކީ އެ މީހަކު ދުނިޔެއަށް ލޯ ހުޅުވައި ދިނުމަށް ދެވޭ ތަޢުލީމެއް ކަމަށާއި އެއާ އެކު ރަނގަޅު ތަރުބީއްޔަތެއް ވެސް ދޭން ޖެހޭ ކަމަށް ލުތުފީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލުތުފީ ވިދާޅުވީ މިއަދު ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރާ ގިނަ ކުދިންގެ އަހުލާގީ ފެންވަރު ވަރަށް ދަށް ކަމަށާއި އެކަން އިސްލާހު ކުރުމަށް އެންމެ ގުޅިގެން ދިރާސާތަކެއް ދެވޭ ތަޢުލީމާ އެއްގޮތަށް ރަނގަޅު ތަރުބީއްޔަތެއް ވެސް ދެވޭނެ އުސޫލްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގެ ސްކޫލަކުގައި ކިޔަވމުންދާ ދަރިވަރުންގެ އަހުލާގީ ފެންވަރު ދަށްވެފައިވާ ސަބަަބު ވެސް ހޯދަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ނުކޮށް ގައުމު ކުރިއަށް ގެންދިއުމަށް ދަތިކަމެއް ކަމަށް ލުތުފީ ވިދާޅުވިއެވެ.

މިއަދުގެ ގައުމުގެ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ލުތުފީ ވިދާޅުވީ ކުރިން ދިވެހިން އެކަކު އަނެކަަށް އަދި މުސްކުޅިންނަށް އިޙްތިރާމްކޮށް ގަދަރު ކުރަމުން އައި ރިވެތި ސިފަތެއް ނެތި ހިނގައްޖެ ކަމަށެވެ. އެގޮތުން މިއަދު ގައުމުގައި މުސްކުޅިންނަށް އަދި އެހެން ބަޔަކަށް ވެސް އިހުތިރާމް ނުކުރާ ކަމަށް ލުތުފީ ވިދާޅުވިއެވެ. ނަމަވެސް ގައުމު ކުރިއަށް ގެންދިއުމަށްޓަކައި އެކަން އިސްލާހުކޮށް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް ކެތްތްރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ މިއަދު ގައުމުގެ ހާލަތު މިދަރަޖަ އަށް ވެއްޓުނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ތަރުބީއްޔަތު ދެވޭނެ އެކަށީގެންވާ އުސޫލެއް ނެތުމުން ކަމަށެވެ. އަދި ދަރިވަރުން ދުނިޔެވީ ކަންކަމަށް ލޯހުޅިވައިދީގެން އާހިރަތަކަށް ލޯ ނުހުޅުވޭނެ ކަމަށާއި ހުރިހާ މައްސަލައަކީ ވެސް އާހިރަތަށް ލޯ ހުޅުވައި ނުދީ، ދުނިޔެވީ ކަންކަމަށް ލޯ ހުޅުވައި ދިނުން ކަމަށް ލުތުފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަައުމެއް ކުރިއަރައިގެން ދަނީ އެ ގަމެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ކުރަމުންދާ މީހުންގެ އަގު ވަޒަން ކުރެވިގެން ކަމަށް އެނެވެ. އެގޮތުން އައްޑޫ ސިޓީން ދިވެހި ގައުމަށް ބޭނުންތެރި އެތައް ޝަޙްސިއްޔަތެއް އުފެދިގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި އަދި ޕްރޮފިސަރުންނާ ފަނޑިޔާރުންގެ އިތުރުން އެތައް ވަރުގަދަ ޝަޙްސީއްޔަތެއް އުފެދިގެން ހިނގައްޖެ ކަމަށް ލުތުފީ ވިދާޅުވިއެވެ. އަދި އެފަދަ ޝަޙްސީއްޔަތުތައް އުފެދުނީ ދެވުނު ރަނގަޅު ތަރުބީއްޔާތާއި އަހުލާގީ ރަނގަޅު ސިފަތަކުގެ ސަބަބުން ކަމަށް ލުތުފީ ވިދާޅުވިއެވެ. ނަމަވެސް މިއަދު މުޖުތަމައުގެ ތެރެއިން އަހުލާގީ ރަނގޅު ސިފަތައް ފެންނަމުން ނުދާ ކަމަށް ލުތުފީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު