Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުރަމަތީގެ ކެންސަރު

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި އަންނަނީ ކެންސަރު ބަލިމީހުންގެ ދަފްތަރެއް އެކުލަވާލުމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2017 | ބުދަ 13:00
މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް

މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް

ރާއްޖޭގައި ކެންސަރު ބަލީގެ 1،080 މީހުން ތިބި އިރު އޭގެ ތެރެއިން 8.2 ޕަސެންޓް މީހުންނަކީ އުރަމަތީ ކެންސަރަށް ފަރުވާ ދެމުންދާ މީހުން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ރާއްޖޭގައި ކެންސަރުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އިރު ގިނަ ބަޔަކަށް ކޮންމެ އަހަރަކު ވެސް އާސަންދައިން ކެންސަރު ބައްޔަށް ޚިދުމަތް ދެމުންގެންދާ ކަމަށެވެ.

އުރަމަތީގެ ކެންސަރަކީ ރާއްޖޭގައި އާއްމުވެފައިވާ ކެންސަރެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، މިހާތަނަށް ގާތްގަނޑަކަށް 89 މީހުންނަށް އުރަމަތީގެ ކެންސަރު ޖެހިފައިވާ ކަން ރެކޯޑް ކުރެވިފައިވާ ކަަމަށެވެ.

"2013 ވަނަ އަހަރު އާސަންދަ މެދުވެރިކޮށް 2329 މީހުންނަށް ކެންސަރު ބައްޔަށް ޚިދުމަތް ފޯރުކޮށްދީފައިވާ އިރު މިއީ ރާއްޖޭގެ އާބާދީގެ 0.69 ޕަސެންޓް. މީގެ މާނައަކީ ގާތްގަނޑަކަށް ކޮންމެ 150 މީހުންގެ ތެރެއިން އެކަކީ ރާއްޖޭގައި ކެންސަރު ބަލީގެ ޕޭޝެންޓެއް ކަން" ނާޒިމް ވިދާޅުވި އެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން، ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ދުނިޔޭއިން ކޮންމެ އަހަރަކު ގާތްގަނޑަކަށް ފަސް ލައްކަ މީހުން ކެންސަރު ބަލީގައި ވަނީ މަރުވެފަ އެވެ.

މިފަދަ ބަލިތަކަށް ކުރިޔާލާ ރައްކާތެރިވެ، ބަލީގެ އެންމެ ފުރަތަމަ މަރުހަލާގެ ތެރޭގައި ދެނެގަތުމުގެ މުހިއްމު ކަން ފާހަގަކޮށް މިނިސްޓަރ ނާޒިމް ވިދާޅުވީ، ކޮންމެ ދެ އަހަރުން އެއް ފަހަރު މެމޮގްރާމު މެދުވެރިކޮށް އުރަމަތީގެ ކެންސަރަށް ސްރީންކުރުމަކީ 50 އަހަރަށްވުރެ ،މަތީގެ އަންހެނުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދޭ ކަމަށެވެ.

އައިޖީއެމްއެޗުން މެމޮގްރާމް މެދުވެރިކޮށް އުރަމަތީގެ ކެންސަރަށް ސްރީންކުރުމުގެ ޚިދުމަތް ތައާރަފްކުރުމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، މެމޮގްރާމް ނެގުމުގެ ޚިދުމަތް ކޮންމެ އަންގާރަ ދުވަހެއްގެ ހެނދުނު އަށަކުން 12:00 އަށް ކުރިއަށްދާ އިރު އުރަމަތީގެ ޚާއްސަ ކްލިނިކްގެ ޚިދުމަތް ބުރާސްފަތި ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ދޭ ޖެހުމާ ހަމައަށް ލިބިގެންދާނެ ކަމަށެވެ.

އައިޖީއެމްއެޗުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވާ ފަރުހަތު ވިދާޅުވީ، މިމަހުގެ ތެރޭގައި އެ ހޮސްޕިޓަލުގައި އޮންކޮލޮޖީ ސެންޓަރެއް ގާއިމް ކުރެވިގެންދާ އިރު އެ ސެންޓަރުގެ މަސައްކަތް ޖުމްލަކޮށް އެއްކޮށް ނިމިފައިވާ ކަމަށެވެ. ހަމައެކަނި އެ ސެންޓަރަށް ބޭނުންވަނީ އިތުރު ދެތިން މެޝިން ކަމަށާއި އެތަކެތި ލިބުނު އެންމެ އަވަރަށް ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މި ޚިދުމަތް ތައާރަފްކުރުމުން ރައްޔިތުންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެކު ކެންސަރު ބަލިތަކަށް ފަރުވާ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުތުން 40 އަހަރުގެ ކޮންމެ އަންހެނަކަށް ވެސް އުރަމަތީގެ ކެންސަރުގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ނަމަވެސް އަހަރަކު އެއް ފަހަރު ޓެސްޓް ކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު