Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި ޔޫވީގެ މެޗު

މާޒިޔާ މިހާރު އޮތް ހާލަތު ބުނެދޭކަށްވެސް ނޭނގޭ: ވިޑަކޮވިޗް

29 މާރިޗު 2021 | ހޯމަ 14:43

މާޒިޔާ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 29 މާރިޗު 2021 | ހޯމަ 14:43
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުނުއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިހާރު އޮތް ހާލަތު ބުނެދެން ނޭނގޭ ކަމަށް އެ ޓީމުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

ލީގުގެ ކުޅުން މިދިޔަ ހުކުރު ދުވަހު އަލުން ފެށީ 52 ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ލީގުގެ ކުޅުން މެދުކަނޑާލިއިރު، ލީގުގައި މާޒިޔާއިން އެންމެ ފަހުން މެޗެއް ކުޅުނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ނުކުތުމުގެ ކުރިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ މި މެޗަށް ނުކުންނައިރު މާޒިޔާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލީގު މެދުކެނޑި، ގިނަ ދުވަސްތަކެއްވުން މިހާރު ޓީމު އޮތް ހާލަތު ބުނަން ނޭނގުން ކަމަށެވެ. އެހެންނަމަވެސް މި މެޗާއެކު މާޒިޔާގެ ފެންވަރު ވަޒަންކޮށްލެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވިޑަކޮވިޗް ބުނީ ޔޫވީއަކީ ވަރުގަދަ ޓީމެއް ކަމަށާއި، ލީގު ތާވަލުގައި އެ ޓީމު އޮތް ހިސާބަށް ބަލައި، ޔޫވީގެ ފެންވަރު ދަށްކޮށްލުން އެއީ މާޒިޔާއިން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ޔޫވީން ކުޅުނު މެޗުތައް ބެލުމުން އެ ޓީމުގެ ފެންވަރު ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

މި މެޗާ ބެހޭ ގޮތުން ވާހަކަދައްކަމުން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ބުނީ މާޒިޔާއަކީ މިހާރު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި، އެހެންކަމުން މި މެޗަށް ނުކުންނައިރު ޔޫވީން މަސައްކަތް ކުރާނީ އެ ޓީމު ކޮޅަށް ވަންނަ ލަނޑުތައް މަދުކުރަން ކަމަށެވެ.

އަދި މާޒިޔާ މެޗާ ކުރިމަތިލާއިރު، ޔޫވީގައި މިހާރުވެސް އަނިޔާގެ މައްސަލަ ބޮޑުކަމަށާއި، މި ސީޒަނުގައި ޔޫވީއަށް ދިމާވި އަނިޔާގެ މައްސަލަތަކުން އަދިވެސް އަރައިގަނެވިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ޔޫވީ ކުޅޭ މެޗުތަކުން ބަލިވެފައިވަނީ ވަރަށް ރަނގަޅަށް ކުޅުމަށްފަހު، ހެދޭ ކުޑަ ގޯހަކުން ކަމަށްވެސް ސާންތި ވަނީ ބުނެފައެވެ.

ލީގުގައި އަންގާރަ ދުވަހުގެ ހަވީރު މާޒިޔާ އާއި ޔޫވީ ބައްދަލުކުރާއިރު، ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކުގައެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޔޫވީ މޮޅުވެފައި ނުވާއިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުގައި ނުވަ މެޗުން ތިން ޕޮއިންޓާއެކުގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް