Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

އީގަލްސް އަތުން ދަ ގްރާންޑޭއަށް ޕޮއިންޓެއް

ތާވަލުގެ ދެވަނައިގައި ދަ ގްރާންޑޭ އޮތީ 16 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 14:13
ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އޭރިއާ ބޭރުން އީގަލްސްގެ މިސްރު ފޯވާޑް މުޙައްމަދު އޮސާމާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ދެ މިނެޓު ފަހުން އީގަލްސްގެ މިސްރު ޑިފެންޑަރު އެލްސައީދު މަހުމޫދަށް އޭރިއާ ތެރެއިން ވަނީ ރަނގަޅު ފުރުސަތެއް ލިބުނުއިރު، މި ހާފުގައި އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް ހެދި ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނެވެ. އެކަމަކު މެޗުގެ 73 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ އަޔާޒް އަޙްމަދު (އަޔާ) ކާމިޔާބުކުރި ހިތްގައިމު ލަނޑުން، ދަ ގްރާންޑޭއިން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ގިނަ ދުވަސްތަކެއް ފަހުން މެޗަކަށް ނުކުތްއިރު، ޓީމަށް އެންމެ އެކަށޭނެ މިންވަރަށް ތައްޔާރުނުވެވުނު ނަމަވެސް، އީގަލްސް ކަހަލަ ޓީމެއް ކައިރީގައި މި ނަތީޖާ ނެރެވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗުގެ ދެވަނަ ހާފުގައި ކުޅުންތެރިންގެ ފެނުނު ކަންތައްތަކަށް ބަލާއިރު، ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އުންމީދު އެބައޮތް ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެކަން ނުވުމުން ހިތްހަމަޖެހެއޭ ނުބުނެވޭނެ ކަމަށެވެ. އެކަމަކު އީގަލްސްއިން ދެއްކި ކުޅުން ބަލައިގަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މެޗަށްފަހު ޝާޒްލީ ވަނީ މެޗުގެ އޮފިޝަލުންގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ލީގުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ އެއްވަރުވިއިރު، އެ ޓީމު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެގޮތުން ކުޅުނު 10 މެޗުން ދަ ގްރާންޑޭއަށް ވަނީ 16 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައަށް ވެއްޓުނު ކުލަބު ވެލެންސިއާއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ހޯމަ ދުވަހުގެރޭ ވެލެންސިއާ އާއި ތާވަލުގެ ހަތަރުވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް، ދަ ގްރާންޑޭއަށް ދެވަނަ ގެއްލޭނެއެވެ. މީގެ އިތުރުން ދަ ގްރާންޑޭއާ އެއްވަރުވި އީގަލްސް އޮތީ ތާވަލުގެ ފަސްވަނައިގައި 10 މެޗުން 12 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުދަ ގްރާންޑޭ ސްޕޯޓްސް ކުލަބުކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު