Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަ ގްރާންޑޭ އާއި އީގަލްސްގެ މެޗު

އޭއެފްސީ ކަޕުގެ ކުރިން ދަ ގްރާންޑޭ އަތުން މޮޅުވުން މުހިންމު: ޝާޒްލީ

28 މާރިޗު 2021 | އާދީއްތަ 13:47

ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު 16:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 28 މާރިޗު 2021 | އާދީއްތަ 13:47
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

އޭއެފްސީ ކަޕުގެ ކޮލިފައިން މެޗުގެ ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅެއް ހޯދުން މުހިންމު ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ދަ ގްރާންޑޭ މެޗާ ކުރިމަތިލާއިރު، ޝާޒްލީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އީގަލްސް ވަނީ މިދިޔަ ހުކުރު ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަސްވަނައަށް އީގަލްސް ޖެހިލިއިރު، އޭއެފްސީ ކަޕުގެ ކޮލިފައިންގައި މި ފެށޭ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ބޫޓާނުގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އީގަލްސްއަށް އޮތީ ދަ ގްރާންޑޭ މެޗެވެ.

ލީގުގައި ހޯމަ ދުވަހުގެ ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއަށް ކުރިއަށް އޮތް މެޗަކީ ވަރުގަދަ މެޗެއް ކަމަށާއި، އެގޮތުން މެޗަށް ނުކުންނައިރު ދެޓީމަށްވެސް ފައިދާ އެބައޮތް ކަމަށެވެ.

ޝާޒްލީ ބުނީ މި މެޗުން ތިން ޕޮއިންޓް ހޯދައިގެން، ލީގުގައި ކުރިއަށްދިޔުމަށްވެސް ފަސޭހަތަކެއްވާނެ ކަމަށާއި، އަދި މި މެޗުން މޮޅެއް ހޯދައިގެން އޭއެފްސީ ކަޕުގެ ކޮލިފައިންނާ ކުރިމަތިލާއިރު، ކުޅުންތެރިންގެ މޯޓިވޭޝަންވެސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އެހެންކަމުން އީގަލްސްއިން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، މި މެޗަކީ އީގަލްސްއަށް މުހިންމު މެޗެއް ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

އީގަލްސް މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ބޮޑު މެދުކެނޑުމަކަށްފަހު އީގަލްސް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުން އެއީ ޗެލެންޖެއް ކަމަށެވެ. އަދި މެދުކެނޑުމަށްފަހު ލީގު އަލުން ފެށުމުން، ޓީމުތަކުގެ ފެންވަރު ވަޒަންކޮށްލަން ކޮންމެ ކޯޗަކަށްވެސް އުނދަގޫވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންމަ އިތުރަށް ބުނީ މެދުކެނޑުމަށްފަހު މެޗަކާ ކުރިމަތިލާއިރު ކުޅުންތެރިންގެ މެޗު ފިޓްނަސް ދަށްވާނެ ކަމަށާއި، އެހެންނަމަވެސް ދެ މެޗެއްވަރު ކުޅުމުން އެކަން ހަމައަކަށް އެޅޭނެ ކަމަށެވެ. އެހެންކަމުން ދާދި ފަހުން އީގަލްސްއިން މެޗެއް ކުޅެފައިވުން، އެއީ އެ ޓީމަށް އޮތް ފައިދާއެއް ކަމަށާއި، އެކަމަކު ދަ ގްރާންޑޭ މެޗެއް ނުކުޅުނު ނަމަވެސް އެއީ ދަ ގްރާންޑޭއަށް ލިބޭނެ ގެއްލުމެއް ނޫން ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

ލީގުގައި ހޯމަ ދުވަހުގެ ހަވީރު ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރާއިރު، ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އަދި އީގަލްސް އޮތީ ތާވަލުގެ ފަސްވަނައިގައި ނުވަ މެޗުން 11 ޕޮއިންޓާއެކުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ހަވީރު 16:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް