Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ސަސް ބަލިކޮށް އީގަލްސް ފަސްވަނައަށް

ތާވަލުގެ ފަސްވަނައަށް އީގަލްސް ޖެހިލީ 11 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މާރިޗު 2021 | ހުކުރު 14:18
ސަސް އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އީގަލްސް މޮޅުވީ 2-1 ން

ސަސް އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އީގަލްސް މޮޅުވީ 2-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ތާވަލުގެ ފަސްވަނައަށް ކުލަބު އީގަލްސް ޖެހިލައިފިއެވެ.

ލީގުގެ ކުޅުން ހުކުރު ދުވަހު އަލުން ފެށީ 52 ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން މެދުކެނޑުމަށްފަހު ކުޅުނު ފުރަތަމަ މެޗުން އީގަލްސް މޮޅުވީ ސަސް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްއިން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ކުރީކޮޅެވެ. އެގޮތުން މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އީގަލްސްއަށް ލީޑު ނަގައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ އަލަށް ގުޅުނު ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ މިސްރު ފޯވާޑް މުޙައްމަދު އޮސާމާއަށް ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުން ވްލަޑިސްލާވް ވަނީ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް އޭގެ ފަހުން ސަސްއިން ވަނީ މި މެޗުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބެންޖޯ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ އީގަލްސްގެ ލުބުނާން ގޯލްކީޕަރު މުޙައްމަދު ތޯހާ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މޮރޮކޯގެ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ފަހުކޮޅު ސަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމާ އަލަށް ގުޅުނު ސްވިޑެންގެ ފޯވާޑް ޝްކޮޑްރަން މަހޯލީއެވެ. މި މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.

މި މެޗުން އީގަލްސް މޮޅުވިއިރު، މިއީ އީގަލްސްގެ ކޯޗުކަމާ މުޙައްމަދު ޝާޒްލީ (ޝާޒް) ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މެޗަށްފަހު ޝާޒް ބުނީ އީގަލްސްއާއެކު އޭނާގެ އަމާޒަކީ ގަދަ ހައެއް ކަމަށާއި، އެގޮތުން ފުރަތަމަ މެޗުން މޮޅުވުމަކީ އެ އަމާޒަށް ވާސިލުވުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި ލީގު މެދުކަނޑާލުމާ ގުޅިގެން ޓީމު ދަސްކުރަން ވަގުތު ކޮޅެއް ލިބުމަކީ ފައިދާއެއްގެ ގޮތުގައި ބެލިދާނެ ކަމަށާއި، އެކަމަކު މެޗެއް ނުކުޅެ ހުރުމުން އޭގެ ދަތިތަކެއް ވެސް ދިމާވި ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗަށްފަހު އީގަލްސްގެ ކުރީގެ ކޯޗު އަދި ސަސްއަށް މިހާރު އިރުޝާދުދެމުން އަންނަ މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ބޮޑު މެދުކެނޑުމަކަށްފަހު މެޗަށް ނުކުންނައިރު އުނދަގޫތަކެއް ހުންނާނެ ކަމަށާއި، އެގޮތުން މި މެޗުން އެ ޓީމު ބަލިވީ މެޗުގެ ކުރީކޮޅުގައި ހެދުނު ގޯސްތަކަކުން، ވަން ލަނޑުތަކެއްގެ ސަބަބުން ކަމަށެވެ.

ހުކުރު ދުވަހުގެ ހަވީރު ސަސް އަތުން ހޯދި މޮޅާއެކު ތާވަލުގެ ފަސްވަނައަށް އީގަލްސް ޖެހިލީ ކުޅުނު ނުވަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި އީގަލްސް އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ހަތްވަނައިގައި ނުވަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު