Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިޔަންމާގެ އަސްކަރީ ބަޣާވަތް

މިޔަންމާ ބަޣާވާތް: މަރުވި މީހުންގެ އަދަދު 300ން މައްޗަށް އަރާނެކަމަށް ލަފާކޮށްފި

90 އިންސައްތަ މީހުންނަކީ ބަޑީގެ ޙަމަލާތައް އަމާޒުވެގެން މަރުވެފައިވާ މީހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 މާރިޗު 2021 | ހުކުރު 03:20
މިޔަންމާ މުޒާހަރާގެ ތެރެއިން- 1 ފެބްރުއަރީން ފެށިގެން އެ ޤައުމުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައް ހިންގަމުން

މިޔަންމާ މުޒާހަރާގެ ތެރެއިން- 1 ފެބްރުއަރީން ފެށިގެން އެ ޤައުމުގައި ދަނީ ސިލްސިލާކޮށް މުޒާހަރާތައް ހިންގަމުން

މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގައި ހިންގަމުންދާ ބަޣާވަތާ ދެކޮޅަށް އެ ޤައުމުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އަންދާޒާ ކުރެވޭ ކަމަށް މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

އެސިސްޓެންސް އެސޯސިއޭޝަން ފޮރ ޕޮލިޓިކަލް ޕްރިޒަނަރސް (އޭއޭޕީޕީ) އިން ރިޕޯޓް ކޮށްފައިވާ ގޮތުން، މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 300ން މައްޗަށް އަރާނެއެވެ. ނަމަވެސް އަސްކަރިއްޔާގެ މަސްދަރުތަކާ ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން މި މުޒާހަރާތަކުގައި މިހާތަނަށް މަރުވެފައިވަނީ ގާތްގަނޑަކަށް 164 މީހުންނެވެ.

އޭއޭޕީޕީއާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން 1 ފެބްރުއަރީން ފެށިގެން މިޔަންމާގައި އަސްކަރީ ބަޣާވާތެއްގެ ދަށުން އެ ޤައުމުގެ ސިފައިން ވެރިކަން ކުރަމުން އަންނައިރު، އެކަމާ ދެކޮޅަށް އަދިވެސް ގިނަ ބަޔަކު ގެންދަނީ އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން މި މުޒާހަރާގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ބަޑީގެ ޙަމަލާތައް އަމާޒުވެގެން މަރުވެފައިވާ މީހުންކަމަށް ރޮއިޓަރސްގައި ރިޕޯޓު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން މާރޗް މަހުގެ 25 ގެ ނިޔަލަށް 320 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރެއިން 36 އިންސައްތައެއްހާ މީހުންނަކީ 24 އަހަރުން ދަށުގެ ޒުވާނުންނެވެ.

އޭގެ އިތުރުން، އަސްކަރިއްޔާއާ ދެކޮޅަށް ބާއްވަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 3000ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ބައެއްގެ މީހުންގެ މައްޗަށް ދައުވާ އުފުލައި، ބައެއް މީހުން ޖަލަށް ލާންވެސް ޙުކުމްކޮށްފައިވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގައި ހިންގަމުންދާ ބަޣާވަތުގައި ހިނގި ކުރިމަތިލުންތަކުގެ ތެރެއިން މިހާތަނަށް މަރުވި އެންމެ ތުއްތު ކުއްޖަކީ 7 އަހަރުގެ ކިން މަޔޯ ޗިޓްއެވެ. އަންގާރަ ދުވަހު މަރުވި މި ކުއްޖާގެ އާއިލާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އޭނާ މަރާލާފައިވަނީ މިޔަންމާގެ މެންޑެލޭ ސިޓީންނެވެ. ބަޑީގެ ޙަމަލާ އަމާޒުވުމާއެކު، ރެސްކިއު ޓީމުތަކުން ވަގުތުން އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވަނީސް އެކުއްޖާ ވަނީ މަރުވެފައެވެ.

މިޔަންމާމިޔަންމާ މުޒާހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު